
ނުބޭއްވި ފަސްވަމުންދާ 15 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރު ބަނގްލަދޭޝްގައި ބާއްވަން ސާކް ގައުމުތަކުން އެއްބަސް ވެއްޖެ އެވެ. ބަނގްލަދޭޝްގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ގައުމުގައި މުބާރާތް ބާއްވަނީ މި މުބާރާތް ބާއްވަން އެންމެ ބޮޑަށް މަސައްކަތް ކުރި ސްރީލަންކާ ވެސް މިހާރު އެގޮތަށް އެއްބަސްވުމުންނެވެ. މުބާރާތް ކުޅޭނީ އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހު ކަމަށެވެ. މިކަމަށް ސާކު ގައުމުތަކުން އެއްބަސްވެފައިވުމުން ރަސްމީކޮށް މިކަން ނިންމައި އިއުލާނު ކުރާނީ ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގެ ކުރިއަށް އޮތް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ.
މި މުބާރާތް މީގެ ކުރިން ތިން ފަހަރެއްގެ މަތީން ވަނީ ބަނގްލަދޭޝްގައި ބާއްވައިފަ އެވެ. އެއީ 2003 އާއި 2009 އަދި 2018ގަ އެވެ. 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ފަހު މުބާރާތް ބާއްވަން ނިންމީ 2025 ވަނަ އަހަރު އެވެ. ސްރީލަންކާއިން އެ ގައުމުގައި މުބާރާތް ބާއްވަން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. ނަމަވެސް ހިޔާލު ތަފާތުވުން އުފެދުނީ ލަންކާގައި މުބާރާތް ބާއްވާނަމަ ސްޕޮންސަރުން ލިބުމަށް ދަތިވުމާއި މުބާރާތުގެ ފޯމެޓާ މެދުގަ އެވެ. ސާކުގެ ނުފޫޒުގަދަ ގައުމުތަކުން ބޭނުންވީ ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ބޭއްވުމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ މިއީ ސްޕޮންސަރުން ހިތްހަމަ ޖެހުނު ކަމެއްނޫނެވެ. 1993 ވަނަ އަހަރު ތައާރަފްކުރި މުބާރާތް އަނެއްކާ ވެސް ކުރީގެ ފޯމެޓަށް ގައުމެއްގައި ކުޅެން ސާފުން ވިސްނީ ވެސް ސްޕޮންސަރުން އެ ގޮތަށް ބޭނުން ވުމުންނެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި އެންމެ ފޯރި ނަގާ މުބާރާތެވެ. މި މުބާރާތް ރާއްޖެ ވަނީ މިހާތަނަށް ދެ ފަހަރަކު ކާމިޔާބުކޮށްފަ އެވެ. އެއީ 2008 އާއި 2018ގަ އެވެ. މުބާރާތް ދެ ފަހަރު ރާއްޖޭގައި ވެސް ވަނީ ބާއްވައިފަ އެވެ. އެއީ ލަންކާއާ ބައިވެރިވެގެން 2008ގައި ބޭއްވި މުބާރާތާއި އޭގެ ފަހުން ފަސް ގައުމާއެކު 2021ގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
