
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފަންނުވެރިކަން ކުރިއަރުވާ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް ރ. މީދޫ ކައުންސިލާއި ބ. ތުޅާދޫ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން ރ. އަތޮޅު މީދޫ ރައްޔިތުންގެ ޝަރަފުގައި ބޭއްވި ޚާއްޞަ ޖާފަތުގެ ތެރެއިންނެެވެ.
މި އެއްބަސްވުމުގައި ތުޅާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް އިބްރާހިމް އާދިލްއެވެ. ރ. މީދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، އެ ރަށު ކައުންސިލްގެ ރައީސް ޙަސަން ޝަރީފެވެ. ދެ ކައުންސިލްގެ ދެމެދު ވެފައިވާ އެއްބަސްވުމަކީ، ދެ ރަށުގެވެސް ފަންނުވެރިކަމާއި ހުނަރު އެެއްރަށުން އަނެއް ރަށަށް ފޯރުކޮށްދިނުމެވެ. އަދި ފަންނުވެރިކަމުގެ އެކި ދާއިރާތަކުން ދެރަށުގެ ރައްޔިތުން މައުލޫމާތު ބަދަލު ކުރުމެއެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ކުރެވެން ހުރި އެކި މަސައްކަތް ކުރުމަށް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ތުޅާދޫއާއި ރ. މީދޫއާއި ދެމެދު ޒަމާނުންސުރެ އޮތް އެކުވެރިކަން ދަމަހައްޓަައި އެކަން އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމާއި އަދި ދެ ކައުންސިލްގެ ދެމެދުގައި ކުރިއަށް ގެންދެވޭނެ ކަންކަން ކަނޑައަޅައި، ދެ ރަށުގެ ދެމެދުގައި ވަނީ ފައްތޫރައިގައި ސިއްކަ ޖައްސަވާފައެވެ. މީގެ އިތުރުން ދަތުރުގެ ހަދާނީ ފިލާގެ ގޮތުގައި ރ. މީދޫ ކައުންސިލުން ވަނީ، ތުޅާދޫ ކައުންސިލަށް ޚާއްސަ ހަނދާނީ ފިލާއެއްވެސް އަރުވާފައެވެ.
ބ.ތުޅާދޫއަކީ، ރާއްޖޭގައި ލިޔެލާ ޖެހުމަށް މަޝްހޫރު ރަށެކެވެ. ތުޅާދޫގައި ލިޔެލާ ޖެހުމުގައި ފުންނާބު އުސް މޮޅެތި މީހުން އެބަތިއްބެވެ. ހަމައެގޮތަށް ރ. މީދޫއަކީ ވަޑާމުގެ އެކި މަސައްކަތްތައް ޚާއްސަ ރަށެކެވެ. އަދި ގެދޮރު އިމާރާތް ކުރުމުގައިވެސް މީދޫއަކީ ފާހަގަކޮށްލެވޭ ރަށެވެ. ރ. މީދޫ ރައްޔިތުންގެ ޝަރަފުގައި ބޭއްވި ޚާއްސަ ޖާފަތް ޝަރަފުވެރިކޮށްދެއްވީ، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
