
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް، އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދައުލަތުން ދެމުންދާ އެހީ 12،000 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ނިންމައިފިއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ގެނައި ބަދަލާއެކު، ކުރިން ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް ދެމުންއައި 2،000 ރުފިޔާގެ ބަދަލުގައި މިހާރު ކޮންމެ ކުއްޖަކަށް 3،000 ރުފިޔާ ލިބޭނެއެވެ. އެހެންކަމުން، ހަތަރު ކުދިން ބަލަހައްޓާ ފަރާތްތަކަށް މަހެއްގެ މައްޗަށް 12،000 ރުފިޔާ ލިބޭނެއެވެ.
އޭގެ އިތުރަށް، ހަތަރު ކުދިންނަށްވުރެ ގިނަ ކުދިން ތިބި އާއިލާތަކަށް ކުރިންވެސް ދެމުންއައި ގޮތަށް، އިތުރުވާ ކޮންމެ ކުއްޖަކަށް މަހެއްގެ މައްޗަށް 1،000 ރުފިޔާ ދައުލަތުން ދެމުންދާނެއެވެ.
ޒަމާނަށް އައި ބަދަލުތަކާއި ތަކެތީގެ އަގު ބޮޑުވުމާ އެކަށީގެން ނުވާ މިންވަރެއްގެ އެހީއެއް ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް، ފާއިތުވި ސަރުކާރުތަކުން އެއްވެސް ބަދަލެއް ނުގެނެއެވެ. ރައީސް ޑރ. މުޢިއްޒު މި ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ޝުކުރު އަދާކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
