
ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، ބ. ތުޅާދޫއާއި ރ. މީދޫގެ ޒަމާންވީ ގުޅުން އެހެން ރަށްތަކުން ނަމޫނާ ނަގަންޖެހޭ ކަމަށެވެ. ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ތުޅާދޫގައި ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ، ތަރިކައަކީ ކޮންމެ ބައެއްގެ މުހިންމު އެއްޗެއް ކަމަށާއި އެތަކެތި ޙިމާޔަތް ކުރުމަކީވެސް މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ. މީދޫ ރައްޔިތުން ތުޅާދޫގައި ބިނާކޮށްދެއްވި ބިނާގެ ވާހަކަވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ތަރިކަޔަކީ ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދައިދޭ އެއްޗެއް ކަމަށާއި ޤައުމެއް ދެމިއޮތުމުގައި ތަރިކަ މުހިންމު ދައުރެއް އަދާކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ސަޤާފަތާއި ތަރިކަ ދިރުވާ އާލާކުރުމަށް ގެންގުޅުއްވާ ސިޔާސަތަށާއި، ޤައުމިއްޔަތުގެ މަޝްރޫއުގެ ދަށުން ތަރިކަ ހިމާޔަތްކޮށް އެއްބައިވަންތަކަން އާލާކުރުމުގެ މުހިންމުކަމަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. ތުޅާދޫއާއި މީދޫ ރައްޔިތުންގެ ގުޅުން ބިނާވެފައިވަނީ އިންސާނިއްޔަތުކަމާއި އިސްލާމީ އަދި ދިވެހިވަންތަކަމުގެ މައްޗަށް ކަމަށް ވިދާޅުވެ، އެއްބައިވަންތަކަން ދަމަހައްޓައި، މި ދެރަށުގެ ގުޅުމުން ނަމޫނާ ނަގައި އެހެން ރަށްތަކުންވެސް ގުޅުން ބަދަހިކުރުމަށް ވަޒީރު އެދިލެއްވިއެވެ. މުސްތަޤުބަލާއި ކުރިއެރުން އޮތީ އެއްބައިވަންތަކަންމަތީ ތިބެގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
