
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫންކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެންކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ހުޅުމާލެ ފޭސް3 ހިއްކުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، ފޭސް3 ހިއްކަމުންދަނީ ކުނި އަޅައިގެން ނޫންކަމަށެވެ. އެތަން ހިއްކަމުން ދަނީ ސީއެންޑީ އަޅައިގެންކަމަށާއި ސީއެންޑީ އަޅަނީ ވަރަށް ބޮޑަށް ބަލާ އޭގެތެރޭގައި ހިމެނޭ ބައިތައް ވަކިކޮށްގެންކަމަށް ޒުހައިރު ވިދާޅުވިއެވެ.
ސީއެންޑީ ކުންޏަކީ އިމާރާތްތަކާއި، މަގުތަކާއި، ފާލަންތައް ފަދަ އޮނިގަނޑުތައް ބިނާކުރުމާއި، މަރާމާތުކުރުމާއި، ނައްތާލުމުގެ ސަބަބުން އުފެދޭ ތަކެތި ނުވަތަ ކުނިތަކެވެ. މިފަދަ ކުނީގެ ތެރޭގައި ސިމެންތި، ލަކުނޑި، ދަގަނޑު، ޑްރައިވޯލް، އަދި ގާފަދަ ބަރު ތަކެތި ހިމެނެއެވެ. މި ކުނި ވަކިކޮށް، މަޝްރޫޢުތަކުގައި އަލުން ބޭނުންކުރުމުން ވަރަށް ފަސޭހައިން ރިސައިކަލް ކުރެވޭނެއެވެ. މިކަމުގެ ސަބަބުން ކުނިގޮނޑުތަކަށް ކުރިމަތިވާ ބުރަ ކުޑަވެ، ގުދުރަތީ ވަސީލަތްތަކަށް އޮންނަ ބޭނުން ކުޑަވެއެވެ.
“ކުނި އަޅައިގެނެއް ނޫން ހިއްކަމުން މިގެންދަނީކީ. އަޅުގަނޑުމެން މިތަނަށް މިއަޅަނީ ސީއެންޑީ. ސީއެންޑީ އަޅުގަނޑުމެން އަޅާއިރުވެސް އަޅުގަނޑުމެން މިއަޅަނީ ސީއެންޑީ މިކޮޅަށް ގެނެސް ސެގްރިގޭޓްކޮށްފައި އަދި އެޅުމުގެ ކުރިން ސެގްރިގޭޓްކޮށްފައި.” އަލީ ޒުހައިރު ވިދާޅުވިއެވެ. އެޗްޑީސީގެ އެމްޑީ ވިދާޅުވީ، ފޭސް 3 ހިއްކުމުގެ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރަމުންދާކަމަށެވެ.
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ ހުޅުމާލެ ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެން ނޫންކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެއީ މުޅިން ހަޤީގަތާއި ހިލާފު ވާހަކައެއްކަމަށެވެ. ކުނި އަޅައިގެން އެއްވެސް ތަނެއް ނުހިއްކާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
” އަޅުގަނޑު ދަންނަވަން ކުނި އަޅައިގެން ނުހިއްކާނެކަން. މިހާރު މި ދިމާވެގެން އުޅޭ ގޮތައް އަޅުގަނޑަށް ލަފާކުރެވެނީ އަދި އެޗްޑީސީގެ އެމްޑީވެސް ވިދާޅުވި ފަރުކޮޅުފުށި ކައިރިން ހިއްކިއިރުގައި އެތާހުރި ކުނިތައް ނެގިން. ނަގާފައި އެތަނަށް ގާކުނޑި އެޅީ ގާކުނޑި އެޅި އެތަންކޮޅު ކައިރިއަށް. އަޅާފަ ދެން އޭގެ ދުރަށް ހަމަ އެހެންޏާވެސް ހިއްކާގޮތައް ބިން ހިއްކަން ވެލި އަޅާހެން އަޅައިގެން. ހިއްކާއިރު އެހިސާބުގަނޑު މަސައްކަތް ހިނގިއިރުގައި ފަހަރެއްގައި ހީފުޅުވެދާނެ އެތަނަށް އެޅީ ކުންޏޭ. ކުނިއަޅައިގެނެއް އެއްވެސް ތަނެއް ނުހިއްކާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުނި އަޅައިގެން ތަންތަން ހިއްކުމަކީ ސަރުކާރުން އެކަން ކުރާގޮތެއް ނޫންކަމަށެވެ. މި މަސައްކަތްތައް މިކުރަނީ އިންޓަނޭޝަނަލް ކޮންޓްރެކްޓަރުންކަމަށާއި އެމީހުންނަށް އެ މަސައްކަތް ހަވާލުކުރަނީ އީއައިއޭ ހަދައިގެންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
