
ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމާއެކު ކަންކަން ހައްލުވާނެކަމުގެ އުއްމީދު އައުވެގެންގޮސްފައިވާކަމަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ބުނެފިއެވެ.
ޓެކްސީ ޑްރައިވަރުންވަނީ އެފަރާތްތަކުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ބޮޑެތި ހޮސްޕިޓަލްތަކާއި ސަރުކާރުގެ މުހިއްމު އޮފީސްތަކާއި އިންޓަރނޭޝަނަލް އެއަރޕޯޓާއެކު މާލެ ސަރަޙައްދަކީ ރާއްޖޭގައިވެސް އެންމެ ކާރޫބާރޫ ބޮޑު އަދި ޚިދުމަތް އެންމެ އަވަސްކުރުމަށް އެންމެ ގިނަ ބަޔަކު ޑިމާންޑުކުރާ ސަރަޙައްދެވެ. އެހެންކަމުން އެއްތަނުން އަނެއް ތަނަށް ދިޔުމަށްޓަކައި ޓެކްސީގެ ޚިދުމަތްވެފައިވަނީ އާންމުން ނުހަނު ބޭނުންވާ ޒަރޫރީ ޚިދުމަތަކަށެވެ. މިޚިދުމަތާއި ގުޅޭގޮތުން ޒަމާންވީ އެތައް ކަންބޮޑުވުމެއް އާންމުންގެ އޮތުމާއެކު އެކަމަށް ހައްލު ގެނައުމަށް ސަރުކާރުންވަނީ ޓެކްސީ ލައިނެއް ތަޢާރަފްކުރުމަށް ނިންމަވާފައެވެ. މިކަމާއި ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ.
އެހެންކަމުން ޓެކްސީ ޑްރައިވަރުންވަނީ ކަންބޮޑުވުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ ރައީސް އިބްރާހީމް ނިޔާޒް ވިދާޅުވީ، ރައީސްއާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ނަތީޖާ ފެންނާނެކަމުގެ އުއްމީދު އައުވެގެން ގޮސްފައިވާކަމަށެވެ.
“އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އަޑުއައްސަވާފަ ރައީސްވަނީ ވަރަށް އުއްމީދީ އަދި ވަރަށް އުފާވެރި ޖަވާބުތަކެއް ދެއްވި. އަދި ވަރަށް ބިނާކުރަނިވި ޚިޔާލުތަކެއްކަމަށް އަދި ޑްރައިވަރުން ފާހަގަކުރީ ހަގީގަތުގައިވެސް މިތަނުގައި ދިމާވެފައިވާ މައްސަލަތައްކަމަށް ރައީސް ވިދާޅުވި” ނިޔާޒް ވިދާޅުވިއެވެ. ޓެކްސީ ޑްރައިވަރުންވަނީ ސަރުކާރުގެ ޓެކްސީ ލައިނާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އަދި މީޓަރު ތަޢާރަފްކުރުމާއި މަގުމަތީގެ ޓްރެފިކް ބާރު ބޮޑުވުމުގެ މައްސަލަތަކާއި، ޓެކްސީތަކަށް އެކަށީގެންވާ ޕާކިންގ ނެތުމުގެ މައްސަލަވަނީ ފާހަގަކުރައްވާފައެވެ.
މާލެ ތެރޭގެ ދަތުރުތައް ޑްރައިވަރުން ނުނަގާ މައްސަލައިގައި އެއެސޯއިއޭޝަނުންވަނީ މާލެ ތެރޭގެ ތޮއްޖެހުމަކީ އެކަމަށް ދިމާވާ މައިގަނޑު މައްސަލަކަން ފާހަގަކޮށްފައެވެ. އަދި ހުޅުމާލޭގެ ދަތުރުތައް ބައެއް ވަގުތުތަކުގައި އިތުރުވާކަންވެސް އެފަރާތުން ފާހަގަކުރެއެވެ.
މާލެ ސަރަޙައްދުގައި ގިނަފަހަރަށް ޑްރައިވަރުން ޚިދުމަތް ދެމުންދަނީ މާލެއާއި ހުޅުމާލެއާއި ދެމެދުގައިކަމަށާއި، މާލެ ތެރޭގެ ދަތުރުތައް ނުނަގާކަމުގެ ޝަކުވާ ރައްޔިތުންގެ ބޮޑުވުމާއި ގުޅިގެން ސަރުކާރުންވަނީ، ސަރުކާރުގެ ޓެކްސީ ލައިން ތަޢާރަފްކުރުމުގެ މަސައްކަތް ފަށާފައެވެ. މިކަމަށްޓަކައި ޓެކްސީ ގެނައުމާއި ޑްރައިވަރުން ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
