
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ގިނަ ޑޮމެސްޓިކް އެއާޕޯޓުތައް ހެދުމުގެ ބަދަލުގައި، ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް އެހެން ގޮތްތަކެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ކުދި މަތިންދާބޯޓުތަކަށް ޖެއްސޭނެ އެއާސްޓްރިޕްތައް ހެދުމަކީ ކުރެވިދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ހިޔާލުފުޅު ރައީސް ހުށަހެޅުއްވީ ޔޫތު ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތެއްގައި ޒުވާނަކު، ގިނަ އެއާޕޯޓުތައް އެޅުމުގެ ބަދަލުގައި ސީޕްލޭން ފަދަ އެހެން ގޮތްތަކެއް ހޯދުމަށް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ރައީސް ވިދާޅުވީ ސީޕްލޭން ރޭގަނޑު އޮޕަރޭޓު ނުކުރެވުމަކީ ހުރަހެއް ކަމަށެވެ. ނަމަވެސް، މިހާރުގެ ސީޕްލޭން ސައިޒުގެ ބޯޓުތަކުގައި ފުރޮޅު ހަރުކޮށްގެން، 600 މީޓަރު ދިގު އެއާސްޓްރިޕްތަކެއް ހަދައިފިނަމަ، އެތައް ރަށަކަށް ރޭގަނޑު ވެސް މަތިންދާބޯޓުގައި ދަތުރުކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން ގިނަ އެއާޕޯޓުތައް ހަދާކަށް ނުޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފާހަގަކުރަން ޖެހޭ ކަމަކީ، ކުރީގެ ސަރުކާރުތަކުންނާއި، ރައީސް މުއިއްޒު ވެސް ރިޔާސީ ވައުދުގައި ހިމެނިފައިވަނީ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއާޕޯޓަކަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ގިނަ އެއާޕޯޓުތައް އެޅުން ކަމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
