
(ފޮޓޯ ކްރެޑިޓްސް: މަޒީން)
މާލޭގައި ތަރައްގީކުރުމަށް ނިންމާފައިވާ ރޭސިން ޓްރެކް އަޅާނީ މާލެ-ހުޅުމާލެ ހައިވޭ ކައިރީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެެވެ. ރައީސް އެހެން ވިދާޅުވީ ރޭ ޒުވާނުންނާއެކު ކުރިއަށް ގެންދިޔަ “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” އިވެންޓްގައި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުނެވެ. ރައީސް ވިދާޅުވީ މާލެ އަދި އައްޑޫގައި ރޭސިން ޓްރެކް އަޅާނެ ކަމަށެވެ. “މިހާރު މާލެ ސަރަހައްދުގައި ޓްރެކް އަޅާނެ ތަން ކަނޑައަޅައި، އެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކުރަން ވަނީ ނިންމާފައި.” ރައީސް ވިދާޅުވިއެވެ.
އެ ޓްރެކް މީހުން ދިރިއުޅޭ ސަރަހައްދެއްގައި ގާއިމްކޮށްފިނަމަ އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރޭސިން ޓްރެކް ތަރައްގީ ކުރުމަށް އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހައިވޭއާ ޖެހިގެން ބޭރަށް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ތަނުގައި ރޭސިން ޓްރެކް އެޅުމުގެ މަސައްކަތް އެމްއޭސީއެލްއިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ރައީސް އެހެން ވިދާޅުވިއިރު އަންނަ އަހަރަށް ލަފާކުރާ ބެޖެޓްގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތަކަށް 403 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން ރޭސިން ޓްރެކްތަކެއް އެޅުމަށް ބަޖެޓުގައި 2.4 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ޒުވާނުންނަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، ހުނަރު ތަރައްގީ ކުރުމަށް އެހީތެރިވުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
