
(ފޮޓޯ ކްރެޑިޓްސް: ދަނޑުވެރިކަމާއިބެހޭ ވުޒާރާ)
ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ނާސަރީ ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަންގާރަ ދުވަހު ފަށާނެކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މި ނާސަރީ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ޗައިނާ ސަރުކާރުން ހަދިޔާ ކުރާ ނާސަރީގެ މަސައްކަތް މިމަހުގެ 30ގައި ހުޅުމާލޭގައި ފަށާނެކަމަށެވެ. އެ ނާސަރީގެ ބޭނުމަކީ ރާއްޖެއިން ބޭރުން ގެންނަ ގަސް އިންދައިގެން ބޮޑުކޮށް ރަށްރަށަށް ފޮނުވުންކަމަށެވެ. އަދި އެކަމަށް ޚާއްސަ މީހުން ބިނާ ކުރުމަކީވެސް ނާސަރީ ތަރައްޤ ކުރުމުގެ ބޭނުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޠާރިޤް ވަނީ މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ނާސަރީ ހެދޭނެ ރަށްތައް ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުންދާކަމަށްވެސް ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީ ކުރާ މި ނާސަރީގެ މަސައްކަތް ކުރުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި ތިމާވެއްޓާއި ބެހޭ ވުޒާރާ ދެމެދު މިދިޔަ މޭއި މަހު ވަނީ ސޮއިކޮށްފައެވެ. ހުޅުމާލޭގައި ތަރައްޤީކުރާ މި ނާސަރީއަކީ 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެކެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިތަނުގައި ލެބޯރެޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީން ހައުސްއެއް ހުންނާނެކަމަށެވެ.
މި ނާސަރީން 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްދަތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް ހައްދަމުން ދާނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް އިފްތިތާޙް ކޮށްފައިވަނީ މިދިޔަ އަހަރު ތިމާވެށީގެ ދުވަހުއެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 1،027،372 ގަސް ވަނީ އިންދާފައެވެ. އަދި 55 ރަށުގައި އެކި ބާވަތުގެ ގަސް އިންދަން ގަސް ހަދިޔާކޮށްފައިވާކަމަށާއޮ ހޭލުންތެރިކަމުގެ ޕްރޮގްރާމަތައް ސްކޫލްތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތަކަށް ފެން ދިނުމާއި ބެލެހެއްޓުމަށް ހުރި ގޮންޖެހުނަތަކަށް ބަލައި ފެން ދިނުމަށް ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވަނީ ހާމަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
