
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ފުލުހުން ވިދާޅުވީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 30 ތަނެއް ފާހަގަކުރެވިފައިވާ ކަމަށާއި، މި އަހަރު އެއިގެ ތެރެއިން 11 ތަން ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިހާރުވެސް 20 އެއްހާ ތަން މާލޭގައި ހިންގަމުންދާ ކަމަށް ލަފާކުރެވޭ ކަމަށާއި، މިތަންތަނަށް ފުލުހުން އަބަދުވެސް އޮޕަރޭޝަންތައް ހިންގައި ބަލަމުންދާ ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙް މުޙައްމަދު ވިދާޅުވިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ހިންގާފައިވާ އޮޕަރޭޝަންތަކުގެ ތެރެއިން މި އަހަރުގެ ޖެނުއަރީ މަހުން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް 498.99 ކިލޯގެ މަސްތުވާތަކެއްޗާއި 6860 ފުޅި ނުވަތަ ދަޅުގެ ބަނގުރާ އަތުލައިގަނެވިފައިވެއެވެ. މި ތަކެތީގެ މަގުމަތީ އަގު 975 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ގިނަ ކަމަށް ފުލުހުން ފާހަގަކުރައްވައެވެ.
މީގެ އިތުރަށް، މަސްތުވާތަކެއްޗާ ގުޅޭގޮތުން ހިންގި 188 އޮޕަރޭޝަންގައި 16024 މީހުންނާ ސުވާލުކޮށް، 997 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މި މީހުންގެ ތެރެއިން 137 ބިދޭސީން ވަނީ އިމިގްރޭޝަނާ ހަވާލުކޮށް ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް ފޮނުވާލާފައެވެ. އަދި 301 މީހަކު ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާއަށް ފޮނުވާފައި ވެއެވެ. ފުލުހުން ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި ކުއްޔަށް ތަންތަން ހިފައިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ކުރިއަށް އޮތްތާނގައިވެސް އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
