
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުލުހުންގެ ތަހުޤީގުތަކުން ހާމަވެފައިވާ ގޮތުގައި، ރާއްޖެއިން ބޭރުގައި، ޚާއްސަކޮށް ތައިލޭންޑާއި މެލޭޝިއާ ފަދަ އަވަށްޓެރި ޤައުމުތަކުގައި ދިވެހިން ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަމުން އެބަދެއެވެ. ޑްރަގް އެންފޯސްމަންޓުގެ ވެރިޔާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވީ މިކަމުގައި މިހާތަނަށް ތިން ދިވެއްސަކު ފާހަގަކުރެވިފައިވާ ކަމަށާއި، އެމީހުންގެ ތެރޭގައި ޖިނާއީ ރެކޯޑު އޮތް މީހުން ހިމެނޭ ކަމަށެވެ.
މަސްތުވާތަކެތި އެތެރެކުރަނީ އެއަރ އަދި ސީ ކާގޯ މެދުވެރިކޮށް އަދި އިލެކްޓްރިކް ސާމާނުގެ ތެރޭގައި ފޮރުވައިގެންނެވެ. ނާއިފް ވިދާޅުވީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ވިޔަސް މިފަދަ ކުށް ކުރާ ދިވެހިން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވިޔަސް ރާއްޖެ ގެނެސް ތަހުޤީގު ހިންގާނެ ކަމަށާއި، މިކަމުގައި އަވަށްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އެހީ ހޯދަމުންދާ ކަމަށެވެ. މީގެ އިތުރުން، ފުލުހުން ވަނީ ވަޒީފާއެއް ނެތި ތިބި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާ ގްރޫޕްތަކުގައި މަސްތުވާތަކެތީގެ މުޢާމަލާތްތަކަށް ދައުވަތު ދެމުންދާކަން ފާހަގަކޮށް، ބެލެނިވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މިކަން ހުއްޓުވުމަށް ސައިބަރ ސެންޓަރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. މަސްތުވާތަކެތީގެ 648 މައްސަލައެއް މިހާރު ތަހުޤީގު ކުރަމުންދާ އިރު، އޭގެ ތެރެއިން 335 މައްސަލަ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވެއެވެ. ޑްރަގް ކޯޓުގައި އެއް މީހެއްގެ މައްޗަށް ގިނަ މައްސަލަތައް ކުރިއަށްދާތީ، ހެއްކާ ގަރީނާ ހުރިނަމަވެސް ބައެއް މައްސަލަތައް ދައުވާއަށް ފޮނުވުމުގެ އިޚްތިސާސް ނެތް ކަމަށް ފުލުހުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
