
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލީބިޔާގެ އަސްކަރިއްޔާގެ އިސްވެރިޔާ މުޙައްމަދު ޢަލީ އަޙްމަދު އަލް ޙައްދާދް ދަތުރުކުރެއްވި މަތިންދާ ބޯޓެެއް ވެއްޓި އޭނާއާއި އިތުރު ބަޔަކު އަވަހާރަވެއްޖެއެވެ. އަލްޙައްދާދް ދަތުރުކުރެއްވި ޕްރައިވެޓު ޖެޓު ވެއްޓިފައި ވަނީ ތުރުކީވިލާތުގެ އަންކާރާއިން މަތިންދާ ބޯޓު ނައްޓައިލިތާ މާ ގިނައިރުތަކެއް ނުވެއެވެ. އެ ހާދިޘާގައި އެ އުޅަނދުގައި ތިބި އެންމެން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ލީބިޔާގެ އަސްކަރިއްޔާގެ އިސް ހަތަރު އޮފިސަރުންނާއި އެ މަތިންދާ ބޯޓުގެ ތިން ފަޅުވެރިން ހިމެނެއެވެ.
ލީބިޔާގެ އަސްކަރީ ވަފުދު ތުރުކީވިލާތަށް ދަތުރުކޮށްފައި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން ވަރުގަދަކޮށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަތީ ފެންވަރުގެ މަޝްވަރާތައް ކުރުމަށެވެ. މަޝްަވަރާތައް ނިންމައިލުމަށް ފަހު އެ ވަފުދު ތުރުކީވިލާތުން ފުރާފައި ވަނީ އެ ޤައުމުގެ ގަޑިން ރޭގަނޑު 8:10 ހާއިރެވެ. މަތިންދާ ބޯޓު ނައްޓާލިތާ 40 މިނެޓު ފަހުން އެ އުޅަނދާ މުވާސަލާތީ ގުޅުން ވަނީ ކެނޑިފައެވެ. މުވާސަލާތީ ގުޅުން ކެނޑުމުގެ ކުރިން، މަތިންދާ ބޯޓަށް ކަރަންޓުގެ މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނެ ކުއްލި ޙާލަތުގައި އުޅަނދު ޖެއްސުމަށް އެ މަތިންދާ ބޯޓުން އެދިފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އެ އުޅަނދު ރާޑަރުން ގެއްލިފައި ވަނީ ކުއްލި ޙާލަތުގައި ޖެއްސުމަށް އުޅަނދު ތިރިކުރަމުން ދަނިކޮށެވެ. ކަމާބެހޭ އިދާރާތަކުން ދަނީ އެ ހާދިޘާ ތަހުޤީޤު ކުރަމުންނެވެ.
ތުރުކީވިލާތުގެ އިދާރާތަކުން ބުނީ މަތިންދާ ބޯޓު ވެއްޓިފައި ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށާއި، މަތިންދާ ބޯޓަށް ގަސްތުގައި ގެއްލުން ދީފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
