
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވެނެޒުއެލާއިން ތެޔޮ ބޭރުކުރާ ޓޭންކަރުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރު ފިޔަވަޅެއް އެޅުއްވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު %1 އުފުލިއްޖެއެވެ. ޓްރަމްޕް އެންމެ ފަހުން އަޅުއްވާފައިވާ ފިޔަވަޅަކީ، ވެނެޒުއެލާގެ ދައުލަތުގެ ތެޔޮ ކުންފުންޏާ އެކު ވިޔަފާރީގެ މުޢާމަލާތު ހިންގާ ތެޔޮ ޓޭންކަރުތަކަށް ހުރަސް އެޅުމަށް އަމުރު ކުރެއްވުމެވެ. އެ އަމުރާ އެކު، އެމެރިކާއިން ފާހަގަ ކޮށްފައިވާ ތެޔޮ ޓޭންކަރުތަކަށް ވެނެޒުއެލާގައި ބަނދަރު ކުރުމާއި، އެ ޤައުމުން ބޭރަށް ދަތުރު ކުރުމަށް ހުރަސް އަޅާނެއެވެ. ނަމަވެސް، އެ ކަން ކުރާނީ އެމެރިކާގެ ކޯސްޓުގާޑު ކަން ނުވަތަ އަސްކަރިއްޔާ ކަން ސާފެއް ނޫނެވެ.
ވެނެޒުއެލާގެ ތެލުގެ ވިޔަފާރީގައި ބައިވެރިވާ ކުންފުނިތަކާއި ތެޔޮ ޓޭންކަރުތަކާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމުގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއިން އެކުލަވައިލާފައިވާ ބޭރުގެ ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި ވެނެޒުއެލާގައި ވެރިކަން ކުރާ ސަރުކާރު ހިމަނުއްވާފައެވެ. މި ނިންމުންތަކާ އެކު، ދުވާލަކު 400,000އާއި 500,000އާ ދެމެދުގެ އަދަދެއްގެ ތެޔޮ ފީފާއަށް އަސަރު ކުރާނެ ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގަށް ގާތްގަނޑަކަށް 2 ޑޮލަރު އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކަށް ވަނީ ލޮޅުން އަރާފައެވެ. މި ގޮތުން، ބްރެންޓް ކްރޫޑްގެ އަގު ވަނީ 0.70 އެމެރިކާ ޑޮލަރު ނުވަތަ %1.2 މައްޗަށް ޖެހިލާފައެވެ. މި ވަގުތު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ 59.62 އެމެރިކާ ޑޮލަރުގައެވެ. ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓުގެ އަގު ވެސް ވަނީ %1.3 ނުވަތަ 0.73 އެމެރިކާ ޑޮލަރުން އުފުލިފައެވެ. ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓުގެ ތެޔޮ ފީފާއެއްގެ އަގު މި ވަގުތު ހުރީ 56 އެމެރިކާ ޑޮލަރުގައެވެ.
ވެނެޒުއެލާގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޓްރަމްޕް ނިންމަވާފައި މި ވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އުފުލެމުން ދިޔަ ތެލުގެ އަގުތައް ކޮންމެ ވެސް ވަރަކަށް ހަމަޖެހިލާފައިވާ ދަނޑިވަޅެއްގައެވެ. އެ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ފަށާފައިވާ މަޝްވަރާތަކުގައި އަލި މަގެއް ފެނިދާނެ ކަމުގެ އިޝާރާތެއް ލިބުމާ އެކު، ތެލުގެ އަގަށް އަންނަމުން ދިޔަ ބަދަލުތައް މަޑުޖެހިގެންދާނެ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
