
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބައިނަލްއަޤްވާމީ ދުނިޔެއިން އދގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާ، އޯއެޗްސީއެޗްއާރަށް އެހީގެ ގޮތުގައި ދޭ ފައިސާގެ ޢަދަދު ބޮޑުތަނުން މަދުވުމާ ގުޅިގެން އެ އިދާރާގެ ހިންގުމަށާއި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އިންސާނީ ހައްޤުތައް ގެއްލެމުންދާ މީހުންނަށް ބޮޑެތި އަސަރުތައް ކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. އޯއެޗްސީއެޗްއާރުގެ އިސްވެރިޔާ، ވޮލްކަރ ޓަރކް ވިދާޅުވީ ހަމަނުޖެހުންތައް ހިންހަމުންދާ ޤައުމުތަކުގައި ހައްޤުތައް ގެއްލެމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު އޯއެޗްސީއެޗްއާރަށް ލިބިފައިވާ ވަޞީލަތްތައް މަދުވަމުންދާ ކަަމަށެވެ. އޯއެޗްސީއެޗްއާރުގެ އިތުރުން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެހެން އިދާރާތަކަށް ވެސް އެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޙާލަތުގައި އޯއެޗްސީއެޗްއާރުގެ މަސައްކަތްތައް ކުރިއަށް ގެންދެވެނީ ކިރިޔަކިރިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓަރކް ވިދާޅުވީ އޯއެޗްސީއެޗްއާރުގެ މަސައްކަތްތައް ކުރުމަށް އެ އިދާރާއަށް މި އަހަރު ލިބިފައި ވަނީ މި އަހަރަށް ބޭނުންވާ ޢަދަދަށްވުރެ 90 މިލިޔަން އެމެރިކާ ޑޮލަރު މަދު ޢަދަދެއް ކަމަށެވެ. އެއާއެކު 300 ވަޒީފާ އުނިކުރަން ޖެހުނު ކަމަށާއި، އޭގެ ސަބަބުން އެ އިދާރާގެ ހިންގުމަށް އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ވެސް މަދުކުރަން ޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ކޮލޮމްބިޔާއާއި ކޮންގޯއާއި މިޔަންމާއާއި ތޫނިސްއާއި ބައެއް އެހެން ޤައުމުތަކުގައި ކޮންމެހެން ކުރުން މުހިންމު މަސައްކަތްތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޯއެޗްސީއެޗްއާރަށް ލިބޭ އެހީގެ ޢަދަދު މަދުވުމުގެ ސަބަބުން އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް، ޚާއްޞަކޮށް ސޫދާންއާއި ޣައްޒާއާއި ޔޫކްރެއިންގަައި ކުރާ މަސައްކަތްތަކަށް، ބޮޑެތި އަސަރުތައް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
