
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންގައި ބާއްވާ އިންތިޚާބެއްގެ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކޮށްދެވޭނެ ކަމުގެ ޔަގީން ކަން އެ ޤައުމުގެ އެކުވެރިން ދީފި ނަމަ، ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އިންތިޚާބެއް ބޭއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ބޮޑު ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ހަނގުރާމައެއްގެ ތެރެއިން އެއްވެސް އިންތިޚާބެއް ބޭއްވުން ޔޫކްރެއިންގެ ޤާނޫނުތަކުން މަނާ ކުރެއެވެ.
ޒެލެންސްކީގެ ރައީސް ކަމުގެ ދައުރުގެ މުއްދަތު ހުސްވި އަހަރު ވަނީ ހަމަވެފައެވެ. އައު އިންތިޚާބެއް ބޭއްވުމަށް ޒެލެންސްކީއަށް ބާރު އަޅަމުންދާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނިވަޑައިގަންނަވައެވެ. އަދި، ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ވެސް ޓްރަމްޕް ގެންދަވަނީ ޒެލެންސްކީއަށް ބާރު އަޅުއްވަމުންނެވެ. ޒެލެންސްކީ ވިދާޅުވީ އިންތިޚާބެއް ބޭއްވުމަށް އޭނާ ބޭނުންވާ ކަމުގައެވެ. އަދި، އިންތިޚާބެއް ބޭއްވުމަށް ނިންމައިފި ނަމަ، އެ އިންތިޚާބެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާގެ އިތުރުން ވިލާތުގެ މަދަދުގާރުންގެ ކިބައިން އެދޭ ކަމުގައެވެ. “އެ ކަމުގެ ޔަގީން ކަން ލިބުމުން 60އާއި 90 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބޭއްވުމަށް އަޅުގަނޑުމެން ތައްޔާރުވާނަން،” އޭނާ ވިދާޅުވިއެވެ. ޒެލެންސްކީ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އޭނާގެ ސަރުކާރަށް ޓްރަމްޕް ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ނޫހެއް ކަމުގައިވާ ޕޮލިޓިކޯއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ހަނގުރާމައަކީ އިންތިޚާބެއް ބޭއްވުމަށް އޮތް ހުއްޖަތެއްގެ ގޮތުގައި، އަދި ބަހަނާއެއްގެ ގޮތުގައި ޒެލެންސްކީގެ ސަރުކާރުން ބޭނުން ކުރަމުންދާ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. “އެނގިވަޑައިގަންނަވާނެ، އެ މީހުން ދަނީ ޑިމޮކުރަސީގެ ވާހަކަ ދައްކަމުން، ނަމަވެސް ޑޮމުރަސީގެ ހަމަތަކުގެ މަތިން ވެރިކަން ކުރާ ޤައުމެއްގެ ހައިސިއްޔަތު ގެއްލިގެންދާ ވަކި ހިސާބެއް އޮންނާނެ،” ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ޒެލެންސްކީ ވަނީ ޓްރަމްޕްގެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
