
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނުގެ ހުޅަނގުއުތުރު ކުރަމްގައި އަސްކަރީ ޗެކު ޕޮއިންޓަކަށް ނިރުބަވެރި ޙަމަލާއެއްދީ ސިފައިންގެ ހަ މީހުން މަރައިލައިފިއެވެ. ކުރަމްއަކީ ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް އަވަށެކެވެ. ޕާކިސްތާންގެ ފުލުހުންނާއި ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ، ހަތިޔާރު އަޅައިގެން ތިބި ނިރުބަވެރިން ޗެކުޕޮއިންޓަށް ވަދެ، ޙަމަލާ ދީފައިވާ ކަމުގައެވެ. ކުރަމްގައި ޕާކިސްތާންގެ ސިފައިންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދީފައި މި ވަނީ، ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ދެ ޤައުމުގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލާފައިވީ ނަމަވެސް، އެ އެއްބަސްވުމަށް އަމަލު ކުރަމުން ނުދެއެވެ. މިއީ، ނިރުބަވެރި ޖަމާޢަތް، ޠާލިބާނުން 2021ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތް ފަހުން ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރަމުންދާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.
އޮކްޓޫބަރު މަހު ވެސް ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ ޙަމަލާތަކެއް ބަދަލު ކޮށްފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. ދެ ޤައުމުގެ ދެމެދުގައި އުފެދިފައި އޮތް އެންމެ ބޮޑު ދެބަސްވުން ގުޅެނީ، ޕާކިސްތާނުގައި ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި އޮތީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ކަމުގައި އިސްލާމްއާބާދުން ކުރާ ތުހުމަތެވެ. އަދި، އެ ހަނގުރާމަވެރިންނަށް ކާބުލްގެ ސަރުކާރުން ޙިމާޔަތް ދެމުންދާ ކަމުގެ ތުހުމަތެވެ. ނަމަވެސް، ޠާލިބާނުން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.
ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ތިން ފަހަރެއްގެ މަތިން މަޝްވަރާތައް ބާއްވާފައިވެއެވެ. ނަމަވެސް، ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާގެ އިތުރުން ތުރުކީވިލާތުން މެދުވެރިންގެ ގޮތުގައި ވިލަރެސް ކޮށްގެން ބޭއްވި މަޝްވަރާތައް ވަނީ ފޭލުވެފައެވެ. އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގުގައި އޮތް ފަރުބަދަމަތީ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ތަހްރީކް ޠާލިބާން (ޓީޓީޕީ) ނުވަތަ ‘ޕާކިސްތާނުގެ ޠާލިބާނުން’ނަކީ އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުންނާ ގުޅުން އޮތް ޖަމާޢަތެއް ކަމުގައި އިސްލާމްއާބާދުން ތުހުމަތު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
