
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޤުދުސްގެ މުނިސިޕަލިޓީއަށް ނިސްބަތްވާ ބަޔަކު ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ ޖަމްޢިއްޔާ، އުންރުވާގެ އިރުމަތީ ޤުދުސްގައި ހުންނަ އޮފީހަކަށް ވަދެގަނެ އެ ތަނުގައި ޔަހޫދީ ދައުލަތުގެ ދިދަ ނެގުން އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ކުށްވެރިކުރައްވައިފިއެވެ. އުންރުވާގެ ކޮންމެ އިދާރާއަކީ އދގެ އިދާރާއެއްގެ ގޮތުގައި ބެލެވޭއިރު، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އެ ފަދަ އިދާރާތަކަށް ރައްކާތެރިކަން ލިބެއެވެ. އުންރުވާގެ މަސައްކަތްތައް ހުއްޓާލައި އެ ޖަމްޢިއްޔާގެ މަސައްކަތްތައް ހިންގާ އެންމެހާ އިމާރާތްތައް ހުސްކުރުމަށް ޔަހޫދީން އެނގި ފަހުން ޔަހޫދީން މިހާރު ވަދެގަނެފައިވާ އިމާރާތް އުންރެވާއިން ބޭނުންކޮށްަފައެއް ނުވެއެވެ.
އެ އިމާރާތަށް ޔަހޫދީން ވަދެގަތުން ކުށްވެރިކުރައްވައި ހަރުކަށި އިބާރާތުން ނެރުއްވި ބަޔާނެއްގަައި ގުތޭޚެޝް ވިދާޅުވީ އުންރުވާގެ އިމާރާތާއި ބިމަކީ އދއަށް ނިސްބަތްވާ ތަނެއް ކަމަށާއި އެ ތަނަށް ރައްކާތެރިކަން ލިބޭ ކަމަށާއި އެއީ ވަދެގަނެވޭނެ ތަނެއް ނޫން ކަމަށެވެ. ޔަހޫދީންގެ ޢަމަލުތައް އަލުން ރަނގަޅުކޮށް، އެ އިމާރާތަށް ރައްކާތެރިކަންދީ އެ އިމާރާތާ ދެކޮޅަށް އިތުރު ފިޔަވަޅެއް ނޭޅުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ. އުންރުވާގެ އިސްވެރިޔާ ލިޕީފް ލަސަރީނީ ވެސް ވިދާޅުވީ ޔަހޫދީންގެ ޢަމަލަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހުންނަ އދގެ އިމާރާތްތަކާއި ބިންތަކަށް ވެސް ނުރައްކާވާ ފަދަ ޢަމަލެއް ކަމަށެވެ.
އުންރުވާގެ ތަރުޖަމާނު ޖޮނަތަން ފައުލާ ވެސް ވިދާޅުވީ އުުންރުވާގެ ޙަރަކާތްތައް ޔަހޫދީން މަނާ ކުރި ނަމަވެސް އެ ޖަމްޢިއްޔާގެ އިދާރާއަކީ އަދިވެސް އދގެ އިމާރާތެއް ކަމަށެވެ. އެ އިމާރާތަށް ޔަހޫދީ ފުލުހުންގެ އުޅަނދުތައް ގެނެސް މުވާސަލާތީ ގުޅުން ކަނޑާލާފައިވާ ކަމަށާއި އެ އިމާރާތުގައި ހުރި ކޮމްޕިޔުޓަރު ސާމާނާއި ފަރުނީޗަރާއި އެހެން ތަކެތި ޔަހޫދީން ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޔަހޫދީން ވެސް ސޮއިކޮށްފައިވާ އދގެ މުއާހަދާއެއްގެ ދަށުން ޔަހޫދީން ޢަމަލުކުރަންޖެހޭ ގޮތްތައް ހަނދާން ކޮށްދިނުމަށް އދން ޔަހޫދީންނަށް އެކި ފަހަރު މަތިން ވާހަކަދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
