
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖަޕާނުގެ އިރު އުތުރު އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން 90،000އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް އަންގައިފިއެވެ. ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ޖަޕާނު ގަޑިން ރޭގަނޑު 11.15ގައި އައި ބިންހެލުން އުފެދިފައި ވަނީ އެ ޤައުމުގެ އައޮމޮރީގެ 80 ކިލޯމީޓަރު ބޭރުން، ބިމުގެ ސަތަހައިން ފެށިގެން 54 ކިލޯމީޓަރު ފުނުންނެވެ. ރިކްޓަރ މިންގަނޑުން 7.5ގައި އައި މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އެގޮތުން 3 މީޓަރުގެ ބިޔަ ރާޅު އުފެދިދާނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. ނަމަވެސް ސުނާމީއެއްގެ ނުރައްކާ ކުޑަކަމަށް ނިންމައި އެ އިންޒާރު ފަހުން އުވާލައި، ސުނާމީއެއް އަރާފާނެ ފަދަ ޙާލަތަކަށް ތައްޔާރަށް ތިބުމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ސުނާމީގެ އިންޒާރު ކުރިން ދީފައިވާ ތިން ސަރަޙައްދު ކަމަށްވާ ހޮއްކައިޑޯއާއި އައޮމޮރީއާއި އިވައްތޭގެ ބައެއް ސަރަޙައްދުތަކަށް 20 ސެންޓިމީޓަރާއި 79 ސެންޓިމީޓަރާ ދެމެދުގެ ރާޅު އަރާފައިވެއެވެ.
ބިންހެލުުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ މާ ބޮޑު ތަފްޞީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ބައެއް މީހުންނަށް އަނިޔާވެ ހަސްފަތާލަށް ގެންގޮސްފައިވާ ކަމަށް ޖަޕާނުގެ ނޫސްތަކުން ބުނެއެވެ. ބިންހެލުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި ރޭލުގެ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. އަދި ބައެއް ސަރަަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވެސް ވަނީ ކެނޑިފައެވެ. ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބައެއް ސަރަޙައްދުތަކަށް އިތުރު ބިންހެލުންތައް އައުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
