
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުން ކުރުމަށް އދން ހޯދުމަށް އެދޭ އެހީގެ ޢަދަދު 2026ވަނަ އަހަރަށް މަދުކޮށްފިއެވެ. 2025 ވަނަ އަހަރު އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަލައި އެހީގެ ގޮތުގައި 47 ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް އދން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އދއަށް އެންމެ ގިނަ ފައިސާ ދެމުންދިޔަ ޤައުމު ކަމަށްވާ އެމެރިކާއާއި، ބޮޑު ޢަދަދެއް ޚަރަދު ކުރަމުން ދިޔަ ޖަރުމަނުވިލާތް ހިމެނޭ ގޮތަށް އެހީދެމުންދިޔަ ވިލާތުގެ ޤައުމުތަކުން އދއަށް ދެމުންދިޔަ ފައިސާ ޢަދަދު މަދުކުރުމުން، އަންނަ އަހަރަށް ހޯދުމަށް އެދޭ ޢަދަދު ކުޑަކުރުމަށް އދއަށް ވަނީ މަޖުބޫރުވެފައެވެ. އުންމީދު ކުރި 47 ބިލިޔަންގެ ތެރެއިން މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އދއަށް ލިބިފައި ވަނީ އެންމެ 12 ބިލިއަން ޑޮލަރެވެ. އެއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް އދއަށް ލިބިފައިވާ އެންމެ މަދު ޢަދަދެވެ. އދން ހޯދާ އެހީގެ ޢަދަދު މަދުކުރުމަށް މަޖުބޫރުވެފައި މި ވަނީ ދުނިޔޭގެ ޙާލަތު ވަރަށް ގޯސްވެފައިވާ ޙާލަތެއްގައި ކަމަށް އދން ބުނެއެވެ.
މި އަހަރު އެހީ ލިބިފައިވާ މިންވަރު މަދުވުމުން އދން އަންނަ އަހަރަަށް ހުށަަހަޅާފައި ވަނީ 23 ބިލިޔަން ޑޮލަރު ހޯދުމަށެވެ. އދން އެ ފައިސާ ޚަރަދުކުރާނީ ފުރާނައަށް ނުރައްކާވެފައިވާ 87 މިލިޔަން މީހުންނަށް ކޮންމެހެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އދން ބުނީ އެހީގެ ޢަދަދު މަދުކުރުމުން ކޮންމެހެން އެހީތެރިކަން ބޭނުންވާ އެތައް މިލިޔަން މީހުން އެހީއިން މަހުރޫމުވާނެ ކަމަށެވެ. އަންނަ އަހަރު 33 ބިލިޔަން ޑޮލަރު އެހީގެ ލިބިއްޖެ ނަމަ 135 މިލިޔަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އދން ބުނެއެވެ.
އދން ވަކިވަކި އެހީގެ ގޮތުގައި އެންމެ ބޮޑު ޢަދަދަކަށް އެދިފައި ވަނީ ފަލަސްޠީނަށް އެހީވުމަށް 4 ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށެވެ. އެއިން ބޮޑު ބައެއް ޚަރަދުކުރާނީ ހަނގުރާމައިގެ ސުންނާފަތިވެފަިއވާ ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ޣައްޒާގެ 2.3 މިލިޔަން ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ ގެދޮރު ގެއްލި، އެ މީހުންނަށް ވަނީ އިންސާނީ އެހީގެ މައްޗަށް ބަރޯސާވުމަށް މަޖުބޫރުވެފައެވެ. އދން ދެވަނައަށް އެންމެ ގިނަ ޢަދަދެއް ހޯދަން އެދިފައި ވަނީ ސޫދާންއަށް އެހީވުމަށެވެ. އަދި އެއަށްފަހު ސޫރިޔާއަށް އެހީވުމަށެވެ.
ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި މަސައްކަތްކުރާ އދގ ދަށުން ހިންގާ ޖަމްއިއްޔާތަކުގެ މުވައްޒަފުން ވެސް ގިނަ ގޮންޖެހުންތަކަކާ ދަނީ ކުރިމަތިލަމުންނެވެ. އދގެ އިންސާނީ އެހީތެރިކަމާބެހޭ އިސްވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ އދގެ މުވައްޒަފުންނަށް ޙަމަލާތައް އަމާޒުވަމުންދާ ކަމަށާއި މަސައްކަތް ގިނަވެ މުވައްޒަފުން ވަރުބަލިވެފައިވާ ކަމަށެވެ. އަދި އެ އިދާރާއަށް ބޭނުންވާ ވަރަށް ފައިސާ ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
