
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައިތާ އަހަރު ދުވަސް ފަހުން ވެސް، ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ އެތައް ހާސް މީހުންގެ ޢާއިލާތައް އަދިވެސް ތިބީ މަޢުލޫމާތެއް ލިބޭނެކަމުގެ އިންތިޒާރުގައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުއްލި ގޮތަކަށް އަލްއަސަދުގެ ވެރިކަން ނިމުމަކަށް އައުމުން، 13 އަހަރު ދުވަހަށް ދެމިގެންދިޔަ އެ ޤައުމުގެ ދާޚިލީ ހަނގުރާމަ ވަނީ ނިމުމަކަށް އައިސްފައެވެ. އަސަދުގެ ވެރިކަމުގައި ރައްޔިތުން ތަޙައްމަލްކުރަން ޖެހުނު އަނިޔާވެރި ކަމަށް އިންސާފު ހޯދުމަށް ސޫރިޔާގެ ގިނަ ރައްޔިތުން ބޭނުންވެއެވެ. އަސަދުގެ ވެރިކަން ނިމުމަކަށް އައުމުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނުވަތަ ރަހީނު ކޮށްފައިވާ ބައެއް މީހުން ފެނި، އެ މީހުން ވަނީ އެ މީހުންގެ ޢާއިލާތަކާ އަލުން ބައްދަލުވެފައެވެ. ނަމަވެސް ގިނަ ޢަދަދެއްގެ މީހުންނަށް ވީނުވީއެއް އަދިވެސް ނޭނގެއެވެ.
ސޫރިޔާގެ ވެރިކަމާ ޙަވާލުވެފައިވާ ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުން އުފައްދާފައިވާ ޙާއްޞަ ކޮމިޝަނަކުން މިދިޔަ މެއި މަހު ބުނެފައިވާ ގޮތުގައި، އަސަދުގެ ޖަލުތަކުގައި 150،000 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ލަފާކުރެވެއެވެ. އެ މަޢުލޫމާތުތައް އެއްކޮށްފައިވަނީ، އަސަދުގެ ޖަލުތަކުން ހޯދި ލިޔެކިޔުންތަކުގެ އަލީގައެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގެ ތެރޭގައި މަރާލާފައިވާ މީހުން ވަޅުލާފައިވާކަމަށް ބެލެވޭ ތަންތަން ހޯދުމުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަސަދު ވެރިކަން ވެއްޓުމާ ގުޅިގެން، ސޫރިޔާ ދޫކޮށް އެކި ޤައުމުތަކަށް ހިޖުރަކޮށްފައިވާ ސޫރިޔާގެ ރައްޔިތުން ވަނީ އެނބުރި އަންނަން ފަށައިފައެވެ. މިގޮތުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، ތިން މިލިއަނަށް ވުރެ ގިނަ މީހުން އެނބުރި އައިސްފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން ލަފާކުރެއެވެ.
ނަމަވެސް، ދާޚިލީ ހަނގުރާމައިގެ ތެރޭގައި ސުންނާފަތިވެފައިވާ އުމްރާނީ ވަޞީލަތްތައް އަލުން ބިނާކުރުމަށް ބޭނުންވާ ބޭރުގެ އެހީ ލިބުން މަދުވަމުން އައުމާ ގުޅިގެން، އިތުރު ރައްޔިތުން އެނބުރި އަންނަން ފަސްޖެހުމުގެ ފުރުޞަތު ބޮޑުކަމަށް އަންދާޒާކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
