
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިރުމަތީ އޭޝިޔާ ސަރަޙައްދަށް ދާދިފަހުން އެރި ބާރުގަދަ ތޫފާނަކާ ގުޅިގެން އިންޑޮނީޝިޔާގެ ސުމަތުރާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 3.11 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ. ތޫފާނާ ގުޅިގެން ހިނގި ފެންބޮޑުވުމާއި ނުރައްކާތެރި އެހެން ހާދިޘާތަކުގައި އިންޑޮނީޝިޔާއިން މަރުވި މީހުންގެ އަދަދު ވަނީ 950ށްވުރެ މައްޗަށް އުފުލިފައެވެ. އެ ތޫފާނުގެ އަސަރު ތައިލެންޑުގެ ދެކުނާއި މެލޭޝިޔާއަށް ވެސް ފޯރާފައިވާއިރު، އެ ޤައުމުތަކުން ވެސް ވަނީ 200ށްވުރެ ގިނަ މީހުން މަރުވެފައެވެ. ތޫފާނާ ގުޅިގެން އިންޑޮނީޝިޔާގައި ހިނގި ހާދިސާތަކުގައި ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 274 މީހަކު ހޯދުމުގެ މަސައްކަތް އެ ޤައުމުގެ އިދާރާތަކުން މިހާރު ވެސް ދަނީ ކުރަމުންނެވެ. އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާގެ ވެރިޔާ ސުހަރިޔަންތޯ ވިދާޅުވީ، ތޫފާނާ ގުޅިގެން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ އުތުރާއި ހުޅަނގު ސުމަތުރާގެ އިތުރުން އަޗޭ ޕުރޮވިންސަށް ކަމުގައެވެ. އަދި، އެ ސަރަޙައްދުތަކަށް ލިބިފައިވާ ގެއްލުންތަކެއް އަރައިގަނެ، އެ ސަރަޙައްދުތައް އަލުން އާރާސްތު ކުރުމަށް 3.11 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ.
ތޫފާނުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ލަފާ ކުރެވެނީ އަޗޭ ޕުރޮވިންސަށެވެ. ތޫފާނާ ގުޅިގެން އަޗޭގެ އިތުރުން އުތުރާއި ހުޅަނގު ސުމަތުރާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންގެ ގެދޮރު ވަނީ ހަލާކުވެފައެވެ. ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާއިރު، ދާއިމީ ގެދޮރު ބިނާކޮށް، އެ މީހުން އެ ތަންތަނަށް ބަދަލު ކުރާނެ ކަމުގައި ސުހަރިޔަންތޯ ވިދާޅުވިއެވެ. އަދި، އުތުރާއި ހުޅަނގު ސުމަތުރާ އާރާސްތު ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ތޫފާނާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި އިންޑޮނީޝިޔާގެ ރައީސް ޕްރަބޮވޯ ސުބިއަންތޯ ވިދާޅުވީ، ޢާންމުންގެ ގެދޮރުގެ އިތުރުން ހަނޑޫ ދަނޑުތަކާއި، ކޯރުތަކުގައި ބިނާކޮށްފައިވާ ޑޭމްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އަދި، ގެއްލުން ލިބިފައިވާ ސަރަޙައްދުތައް އަލުން އާރާސްތު ކުރުމުގެ ޤާބިލުކަން ސަރުކާރުގައި އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ވަގުތު އެންމެ އިސްކަމެއް ދީފައި ވަނީ، ޙާލުގައި ޖެހިފައިވާ މީހުންނަށް އަންނައުނާއި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
