
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓާލައި ތައިލެންޑުން ކެމްބޯޑިޔާއަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ. ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދު ޖުލައި މަހުގެ ތެރޭގައި ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރިއެވެ. ފަސް ދުވަހަށް ދެމިގެން ދިޔަ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ އެމެރިކާއިން އެ ކަމުގެ ތެރެއަށް ތަދައްޚުލުވުމާ ގުޅިގެންނެވެ. އެއަށްފަހު އޮކްޓޯބަރު މަހުގެ ތެރޭގައި ދެ ޤައުމުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުން ދެމެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެއަށް ޢަމަލުކުރަން ފަށައިފައެވެ. ނަމަވެސް ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ހިނގި ހާދިޘާއެއްގައި، ބިމުގައި ވަޅުލާފައި އޮތް މައިނެއް ގޮވައި، ތައިލެންޑުގެ ހަތަރު ސިފައިން ޒަޚަމުވުމާ ގުޅިގެން ތައިލެންޑުން ވަނީ އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓައިލާނެ ކަމަށް ބުނެފައެވެ. ދެ ޤައުމުން ވެސް ތުހުމަތުކުރަނީ އިދިކޮޅު ފަރާތުން އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރާ ކަމަށެވެ.
ތައިލެންޑުން ކެމްބޯޑިޔާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ވައިގެ ޙަމަލާތައް ދީފައިވާކަން އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ޤައުމުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކެމްބޯޑިޔާއިން ޙަމަލާއެއް ދީފައިވާ ކަމަށާއި އެ ޙަމަލާގައި ތައިލެންޑުގެ ސިފައިންގެ މީހަކު މަރުވެ ދެ މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. ތައިލެންޑުގެ ޙަމަލާއަކީ އޭގެ ބަދަލުގައި ދިން ޙަމަލާއެއް ކަމަށް ވެސް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ. މި ޙަމަލާތަކާއެކު ޞުލްޙައިގެ އެއްބަސްވުމަށް ވަނީ އަނެއްކާ ވެސް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
