
(ފޮޓޯ ކްރެޑީޓްސް: ރޮއިޓާރސް)
2022ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޞުލްޙައިގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ގާތްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިންއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު، ކީތު ކެލޮގް ވިދާޅުވެއްޖެއެވެ. ކެލޮގް ވިދާޅުވީ އެއްބަސްވުމަކާ ހަމައަށް އައުމަށް ޙައްލު ހޯދަން ޖެހެނީ މައިގަނޑު ދެ މައްސަލައަކަށް ކަމަށެވެ. އެއީ ދޮންބާސް ސަރަޙައްދުގެ ކުރިމަގާ ގުޅޭގޮތުންނާއި ވިލާތުގެ އެންމެ ބޮޑު ނިއުކްލިޔަރ މަރުކަޒު ކަމަށްވާ ޒަޕޯރީޖާ ނިއުކްލިޔަރ މަރުކަޒަށް ވާނެ ގޮތަކާ ގުޅޭގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ނިއުކްލިޔަރ މަރުކަޒު މި ވަގުތު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ކެލޮގް ވިދާޅުވީ މި ދެ މައްސަލައަށް ޙައްލެއް ހޯދުމުން އެއްބަސްވުމަކައިގެން ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން ބޮޑު ކަމަށެވެ.
ކެލޮގް ވަނީ ހަނގުރާމައިގައި ޔޫކްރެއިންއާއި ރަޝިޔާއާ ދެ ޤައުމުން ދެ މިލިޔަނަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައި ނުވަތަ މަރުވެފައިވާ ކަމަށް ވިދާޅުވެ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ދޮންބާސްއާއި ޚަރްސޯންއާއި ޒަޕޯރީޖާގެ ބޮޑު ބަޔަކާއި ކްރައިމިޔާ ހިމެނޭ ގޮތަށް ޔޫކްރެއިންގެ 19.2 އިންސައްތަ އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އައުމަށް ގާތްވެފައިވާ ކަމަށް ކެލޮގް ވިދާޅުވި ނަމަވެސް ރަޝިޔާއިން ދަނީ އެ އެއްބަސްވުން އެކުލަވައިލުމުގައި ހުށަހަޅާަފައިވާ ނުކުތާތަކަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށް ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
