
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލެ ސަރަހައްދުގެ ޕާކިން މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި އަޅާ ޕާކިން އިމަރާތްތަކުގެ ޢަމަލީ މަސައްކަތް 4-3 މަސް ތެރޭ ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް އެ ވުޒާރާއާއި ފުލުހުން އަދި ސަރުކާރު ކުންފުނިތައް ގުޅިގެން ފެށި ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މާލޭ ސަރަހައްދަށް ދިމާވެފައިވާ ތޮށްޖެހުމުގެ މައްސަލަ ހައްލުކޮށް އުޅަނދުތައް ޕާކު ކުރުމަށް، ޕާކިން އިމާރާތްތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން ވަނީ، މާލެ ސަރަޙައްދުގައި ޖުމްލަ 7500 އެއްހާ އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ނިންމާފައެވެ. އެކަމުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު 15 އިމާރާތެއްގެ މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ހުޅުމާލޭގައި ޕާކިން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މިމައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެ ކުރަމުންދާ މަސައްކަތެއް ކަމަށެވެ. މިމައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕާކިން އިމާރާތް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. “މީގެ އިތުރުން ސަރުކާރުގެ ފަރާތުން މިހާރު މިދަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ޕާކިން ބިލްޑިންގްތަށް އެޅުމުގެ މަރުހަލާގެ ތެރޭގައި. އިރާދަ ކުރެއްވިއްޔާ މާލަސްތަކެއް ނުވެ ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ފިޒިކަލީ ފެނިވަޑައިގަންނަވާނެ މި ސަރަހައްދަށް ބޭނުންވާ ވަރުގެ ޕާކިން ބިލްޑިންގްތައް އެލޫމުގެ ޢަމަލީ މަސައްކަތް ފެށިގެންދާތަން.” ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހުޅުމާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް، ޕާކިން އިމާރާތްތައް އެޅުމުގެ އިތުރުން މިހާރު ޕާކް ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ އިތުރަށް އިތުރު 3 ބިމެއް ވަގުތީ ޕާކިން އަށް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ މިކަމުގެ ސަބަބުންވެސް އުޅަނދުތައް ޕާކް ކުރުމަށް މިހާރު ދިމާވެފައިވާ ދަތިތކަށް، ހައްލެއް ލިބިގެންދާނެ ކަމަށެވެ. މި ބިންތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށް އެޗްޑީސީން މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހެއިރު ވިދާޅުވީ ވަގުތީގޮތުން ޕާކް ކުރުމަށް ހަމަޖައްސާ ބިންތަކުގައި ޕާކް ކުރެވޭނީ އޮންނަ އުސޫލުގެ ތެރެއިން، ޤަވާއިދާއި އެއްގޮތަށް ހުރި އުޅަނދުތައް ކަމަށެވެ. މިގޮތުން ވިނަރެސް ސަރަހައްދާއި، ހިޔާ ފްލެޓް ސަރަހައްދުގެ އިތުރުން ފޭސް އިން މިކަމަށް ބިމެއް ހަމަޖެހޭނެ ކަމަށް ޒުހެއިރު ވިދާޅުވިއެވެ.
އޭނާ ވަނީ ހުޅުމާލެ މަގުތަކަކީ އަމާން މަގުތަކަށް ހެދުމަށް އެޗްޑީސީން މަސައްކަތް ކުރަމުންދާކަން ހާމަކޮށް މިމަސައްކަތް ހުޅުމާލެ ޕޮލިހާއި ގުޅިގެން ދެމެހެއްޓެނިގޮތަކަށް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
