
(ފޮޓޯ ކްރެޑިޓްސް: އިޓާރނެޓް)
ފެހުރިހި ހިމާޔަތްކުރުމަށް ރާއްޖެއިން އިސްނަގައިގެން ސައިޓީސްގެ މުއާހަދާގައި ހިމެނުމަށް ހުށަހެޅި ހުށަހެޅުން ފާސްކޮށްފިއެވެ. މިއީ ދިވެހިރާއްޖެއިން ފެހުރިހި ރައްކާތެރިކުރަން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރުންތައް ބައިނަލްއަޤްވާމީ ފެންވަރުގައި ރައްކާތެރިކުރުމަށް މަސައްކަތްކުރާ، ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)ގެ 20 ވަނަ ކޮންފަރަންސް އޮފް ދަ ޕާރޓީސްގައި ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅި، ފެހުރިހި ސައިޓީސް މުޢާހަދާގެ އެޕެންޑިކްސް ދެއަކުން އެޕެންޑިކްސް 1 އަށް ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުން ފާސްވެފައިވާކަމަށެވެ.
ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި 1973ވަނަ އަހަރު އެކުލަވާލާފައިވާ ސައިޓީސް މުޢާހަދާއަށް ޢަމަލުކުރަން ފެށިތާ މިއީ 50ވަނަ އަހަރެވެ. މި މުޢާހަދާގެ މައިގަނޑު މަގްސަދަކީ، ނެތިދިޔުމުގެ ބިރު އިންތިހާ ދަރަޖައަށްއޮތް އަދި ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް، އެތަކެތީގެ އާބާދީ ގެއްލިގެން ނުދާނެ ގޮތައް، ކޮންޓްރޯލް ކޮށް މެނޭޖްކޮށްގެން އެތަކެތިން ލިބޭ ފައިދާތައް ލިބިގަތުމަށް މަގުފަހިކޮށްދިނުމެވެ. މިހާރުވެސް 40،000 އަށް ވުރެ ގިނަ ދިރުންތައް ވަނީ މި މުޢާހަދާގައި ހިމަނާފައެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ސައިޓީސް މުޢާހަދާގައި ދިރުންތައް ހިމެނެނީ ތިން އެޕެންޑިކްސްގެ ދަށުންކަމަށެވެ. އެގޮތުން އެޕެންޑިކްސް 1ގައި ހިމެނޭ ދިރުންތަކަކީ ނެތިދިޔުމުގެ ބިރު އިންތިހާ ދަރަޖައަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގޮސްފައިވާ ދިރުންތަކެވެ. މިދިރުންތަކާއި، އެދިރުންތަކުގެ ބައިތަކާއި، އޭގެ އުފެއްދުންތައް ވިޔަފާރީ އުސޫލުން އެއްގައުމުން އަނެއްގައުމަށް ގެންދިޔުން މަނާކޮށްފައިވެއެވެ. ޚާއްޞަ ބޭނުންތަކަށް (މިސާލަކަށް އިލްމީ ދިރާސާ) ހުއްދައާއެކު ގެންދެވިދާނެއެވެ. އެޕެންޑިކްސް 2ގައި ހިމެނޭ ދިރުންތަކަކީ، ނެތިދިޔުމުގެ ބިރު ހީވެފައިވާ ނަމަވެސް، ދެމެހެއްޓެނިވި ވިޔަފާރި އެއްގައުމުން އަނެއްގައުމަށް ގެންދިޔުމަށް ހުއްދަ އޮންނަ ދިރުންތަކާއި، އެތަކެތީގެ ބައިތަކާއި، އޭގެ އުފެއްދުންތަކެވެ. މިއީ ނެތިދިޔުމުގެ ބިރު އިންތިހާ ދަރަޖައަށް ދިޔުމުގެ ކުރިން ރައްކާކުރުން މުހިންމު ދިރުންތަކެކެވެ. އެތަކެތި ގެންދެވޭނީ ގައުމުތަކުގެ މެނޭޖްމަންޓް އޮތޯރިޓީ އިން ދޫކުރާ ހުއްދައަކާއި އެކުއެވެ.
އެޕެންޑިކްސް 3ގައި ހިމެނެނީ ވަކި ގައުމުތަކެއްގައި ނުވަތަ ވަކި ސަރަހައްދު ތަކެއްގައި ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކެވެ. އެތަކެތި ގެންދެވޭނީ އަސްލިއްޔާތު އިނގޭ ސެޓްފިކެޓް ނުވަތަ ރީއެކްސްޕޯޓް ސެޓްފިކެޓް އަދި މެނޭޖްމަންޓް އޮތޯރިޓީ ހުއްދައާއެކުއެވެ. ދިވެހިރާއްޖެއިން މި މުޢާހަދާގައި ބައިވެރިވެފައިވަނީ 2013 ވަނަ އަހަރުގައެވެ. އަދި މި މުޢާހަދާ ދިވެހިރާއްޖޭގައި ތަންފީޒުކުރުމުގެ ގޮތުން 2022 ވަނަ އަހަރު ޚާއްޞަ ޤާނޫނެއްވެސް ވަނީ އެކުލަވާލާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ގޫގުލް)
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ސައިޓީސްގެ 20ވަނަ ބައްދަލުވުމަށް ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅި ފެހުރިހި މުޢާހަދާގެ އެޕެންޑިކްސް 2 އިން އެޕެންޑިކްސް އެކަކަށް ބަދަލުކުރުމުގެ ހުށަހެޅުމަށް ދިވެހިރާއްޖެއާއެކު 16 ގައުމުން ވަނީ ކޯ ސްޕޮންސަރ ކޮށްފައިކަމަށެވެ. މި ބައްދަލުވުމަށް ޖުމްލަ 51 ޕްރޮޕޯސަލް އެކި ޤައުމުތަކުން ހުށަހަޅާފައިވާއިރު، ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅި މި ޕްރޮޕޯސަލް ފާސްވެފައިވަނީ ބައްދަލުވުމަށް ހާޒިރުވި ހުރިހާ ޤައުމެއްގެ އިއްތިފާގުންނެވެ. މި ބަދަލާއެކު މިދިރުންތަކާއި، އެދިރުންތަކުގެ ބައިތަކާއި، އޭގެ އުފެއްދުންތައް ވިޔަފާރީ އުސޫލުން އެއްގައުމުން އަނެއްގައުމަށް ގެންދިޔުން ވަނީ މަނާކޮށްފައެވެ.
ފެހުރިއްސަކީ، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އިގްތިސާދު އަދި ފަތުރުވެރިކަމަށް ގުޅިފައިވާ މުހިންމު ދިރުމެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިދިރުމުގެ މާހައުލުތަކަށާއި އާބާދީ ދަނީ މަދުވަމުންނެވެ. އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އިން ވެސް ވަނީ ފެހުރިއްސަކީ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ ފެންވަރުގައި ކަނޑައަޅާފައެވެ. ސައިޓީސް މުޢާހަދާގެ އިތުރުން، ހިޖުރާ ކުރާ ދިރުންތައް ޙިމާޔަތް ކުރާ މުއާހަދާ ސީއެމްއެސް އަދި ސަރަހައްދީ މަސްވެރިކަން މެނޭޖްކުރާ އެގްރީމަންޓްތަކުގައިވެސް ފެހުރިއްސަށް ވަނީ ޚާއްޞަ އިސްކަމެއްދީ ޙިމާޔަތްކޮށްފައެވެ. ދިވެހިރާއްޖޭގައިވެސް ފެހުރިއްސަކީ ޙިމާޔަތްކޮށްފައިވާ ދިރުމަކަށް ވާތީ، ސައިޓީސް މުޢާހަދާގެ އެޕެންޑިކްސް 1 ގައި ހިމެނިގެން ދިޔުމަކީ، މި ދިރުމަށް ލިބިގެން ދިޔަ އިތުރު ބައިނަލްއަޤްވާމީ ޙިމާޔަތެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 4-2 އިން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި އިންގްލޭންޑްގެ ކެޕްޓަން...
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
