
މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ ކޮންމެ ޤައުމެއްގެ ވެރިއަކުވެސް ދެކޭ ހުވަފެނެކެވެ. ނަމަވެސް މަސްތިވާތަކެތީގެ ވަބާއިން މުޅި މުޖުތަމަޢު ދޮވެ ސާފުކުރެވިފައިވަނީ މަދު ޤައުމަކަށެވެ. މާތްވެގެންވާ އިސްލާމް ދީނުގައި މަސްތުވާތަކެތި ޙަރާމްކުރައްވާފައިވީ ނަމަވެސް، މުސްލިމު ޤައުމުތަކުގައި އެ ނުބައި ފާފާއަށް އަރައިގަންނަ މިންވަރު މަދެއް ނޫނެވެ. މި ވަބާ ޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ދިވެހިރާއްޖެވެސް ހިމެނެއެެވެ. މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ދޮވެ ސާފުކުރުމަކީ ދިވެހި ސަރުކާރުގެ ޒައީމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އަހަންމިއްޔަތުކަމެއްދެއްވާ ކަމެކެވެ. މި ވަބާއިން ރާއްޖެ ސަލާމަތްކުރުމަށްޓަކައި އެމިނަކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގިނަ މަސައްކަތްތަކެއް ފެށްޓެވިއެވެ.
އެގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް އިތުރުކޮށް، ފަރުވާގެ ނިޒާމާއި ސަލާމަތީ ބާރުތަކަށް ލިބިދޭ ބާރުތައް އިތުރުކޮށް ޤާނޫނުތައް އިޞްލާޙުކޮށްފައިވެއެވެ. ސަރުކާރުން އެޅުއްވި މި ފިޔަވަޅުތަކުގެ ނަތީޖާއަކީ 2 އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އަހަރަކަށް މިދިޔަ 2 އަހަރުވުމެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މިދިޔަ 2 އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 2.2 ބިލިޔަން ރުފިޔާއަށް އަރައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
މީގެ އިތުރުން ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ޑްރަގް ކޯޓުން ހުކުމްކޮށްފައިވާ 700އަށްވުރެ ގިނަ މީހުން ފަރުވާ ނުފެށި ތިބިއިރު، އެތައް ދުވަހެއްވަންދެން ފަރުވާ ކިއުގައި މަޑުކޮށްގެން ތިބެންޖެހޭ ތިބުން ނިމުމަކަށް ގެނައެވެ. އެގޮތުން މިވީ 2 އަހަރު ތެރޭގައި އެ ހުރިހާ އެންމެނަށް ފަރުވާދީ ނިންމައި، މަސްތުވާތަކެތީގެ ވަބާގައި ޖެހި މަގުމަތީގައި އުޅެމުންދިޔަ އެކި އުމުރުފުރާގެ 350 ވަރަކަށް މީހުންނަށް ރިމާންޑް ސެންޓެރެއް މެދުވެރިކޮށް މިހާރު ދަނީ ފަރުވާ ދެމުންނެވެ. ދެން އޮތީ މަސްތުވާތަކެތީގެ ވަބާ މުލުން ލުހެލުމުގެ ވާހަކައެވެ. މި ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢަށް ނެރުމުގެ އިތުރުން މަސްތުވާތަކެތިން ރާއްޖެ ސާފުކުރުމަށް އެންމެ މުހިންމީ މިކަންކުރާ އައްޑާތަކުގެ އިސްވެރިން ހިފައި ހައްޔަރުކޮށް އެ މީހުންނަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އެންމެ ހަރުކަށި އަދަބު ދިނުންކަމުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ. އަދި މިއީ މި ވަބާ މުލުން ލުހެލައި، މި މައްސަލައަށް ވަށައިޖެހޭ ހައްލު ގެނެވޭނެ ގޮތްކަމުގައި ސަރުކާރުންދެކެއެވެ.
އެހެންކަމުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް އަމާޒުކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އެ ބަހާ އުޅޭ ވިއުގަތަކުގެ އިސް މީހުން ހައްޔަރުކުރުމަށެވެ. އަދި މިތަކެތި ރާއްޖެ އެތެރެވުން މުޅިން ހުއްޓުވުމަށެވެ. މިކަމަށް ޚާއްސަ “އޮޕަރޭޝަން އަލިމަގު” ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އޮޕަރޭޝަންތައް އަމާޒުކޮށްފައިވާއިރު، އެ މީހުންނަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ޓަކައި މަރުގެ އަދަބު އެފަދަ މީހުންނަށްދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެންނެވި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފާސްކުރައްވާފައެވެ. އެގޮތުން އައު އިޞްލާޙާއެކު 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން ޙުކުމްކުރެއްވުމުންނެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކޮށްގެން މަރުގެ އަދަބު ނުވަތަ އުމުރު ދުވަހަށް ޖަލު ޙުކުމެއް އިއްވާފައިވާ މީހަކަށް، އަބަދު މަޢާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެކަމާއި ޕެރޯލްގެ ދަށުން ދޫ ނުކުރެވޭނެ ކަމަށްވެސް އައު އިޞްލާޙުގައި ބަޔާންކުރައްވާފައިވެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމަށް ޤާނޫނު އިޞްލާޙުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންގެވުމާ ގުޅިގެންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތްތަކަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ، މި މައްސަލައަށް ވަށައިޖެހޭ ހައްލެއް ގެނައުމަށްކުރާ މަސައްކަތެކެވެ. އަދި މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، ނެޓްވަރކްތައް މުޅިން ނައްތާލުމަށާއި މުޖުތަމަޢުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
