
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާގައި އެންމެ ގިނައިން ކައިވެނި ހަފްލާތައް ބާއްވާ ދުވަސްވަރުގައި، އެ ޤައުމުގެ މައި އެއަރލައިނެއް ކަމަށްވާ އިންޑިގޯގެ ގިނަ ޢަދަދެއްގެ ފްލައިޓުތައް ކެންސަލްވެ، ގިނަ ޢަދަދެއްގެ މީހުންނަށް ހަފްލާތަކަށް ހާޒިރުނުވެވި ވައިގެ ބަނދަރުތަކުގައި ދަނީ ތާށިވަމުންނެވެ. އިންޑިޔާގެ ސަރުކާރުން ޕައިލެޓުން މަސައްކަތް ކުރާ ގަޑިތަކަށް ގެނެސްފައިވާ ހަރުކަށި ބަދަލުތަކަށް ޢަމަލުކުރަން ފެށުމަށް ފުރިހަމައަށް ތައްޔާރު ނުވެވުމުގެ ސަބަބުން އިންޑިގޯގެ ފްލައިޓުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ 60 އިންސައްތަ ޙިއްޞާ ކުރަނީ އެ އެއަރލައިިނުންނެވެ. އެއާއެކު އެތައް ހާސް ދަތުރެއް ކެންސަލް ކުރުމަށް އެ އެއަރލައިންއަށް ވަނީ މަޖުބޫރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް އިންޑިގޯއިން ވަނީ 1،000އަށްވުރެ ގިނަ ދަތުރު ކެންސަލްކޮށްފައެވެ.
މި ޙާލަތުގައި ކައިވެނި ހަފްލާތަކަށް ވެސް ބޮޑެތި އަސަރުތައް ދަނީ ކުރަމުންނެވެ. އިންޑިޔާގެ ކައިވެނި ވިޔަފާރިއަކީ 130 ބިލިޔަން ޑޮލަރުގެ ބިޔަ ސިނާޢަތެކެވެ. އެތައް ދުވަހަކަށް ދެމިގެންދާ މި ހަފްލާތަކަށް އެ ޤައުމުގައި ޢާއިލާތަކުން ބޮޑެތި ޢަދަދުތަކުން ޚަރަދުކުރެއެވެ. ފްލައިޓް ކެންސަލްވުމުގެ ސަބަބުން އަލަށް ކައިވެނި ކުރި ދެ މީހަަކަށް އެ މީހުންގެ އަމިއްލަ ކައިވެނި ހަފްލާއަށް ނުދެވި އިންޓަނެޓު މެދުވެރިކޮށް ހަފްލާގައި ބައިވެރިވާން މަޖުބޫރުވިއެވެ. އެއް ޢާއިލާއިން ވަނީ އަގުބޮޑުކޮށް ފްލައިޓެއް ޗާޓަރުކޮށް ޢާއިލާގެ ގިނަ ޢަދަދެއްގެ މެންބަރުންނާއެކު ދަތުރުކޮށްފައެވެ. އިންޑިޔާގެ އެކި ކަންކޮޅުތަކުން ހަފްލާތަކަށް މީހުން ދަތުރުކުރާއިރު، ވަރަށް ދުރާލާ ތާރީޚު ހަމަޖައްސައި ތައްޔާރުވެފައިވާ ކައިވެނި ހަފްލާތައް ވެސް ފަހު ވަގުތު އެހެން ތާރީޚަކަށް ބަދަލުކުރަން ދަނީ މަޖުބޫރުވަމުންނެވެ.
ނުފުރި ވައިގެ ބަނދަރުތަކުގައި ތާށިވި މީހުންގެ ތެރޭގައި އިންޑިޔާއަށް ކަނޑައަޅާފައި ހުންނަވާ ސިންގަޕޫރުގެ ހައި ކޮމިޝަނަރު، ސިމޯން ވޮންގ ވެސް ހިމެނިވަޑައިގަންނަވައެވެ. އިންޑިގޯގެ މަތިންދާ ބޯޓެއްގައި އޭނާ ވެސް ދަތުރުކުރައްވަން ހަމަޖެހިފައި އޮތީ އެކުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ކައިވެނި ހަފްލާއަކަށެވެ. ދަތުރު ކެންސަލްވުުމުން އޭނާ ވެސް ބަނީ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އިންޑިގޯއިން ވަނީ ކުރިމަތިވެފައިވާ ޙާލަތަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
