
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކޮންމެ އަހަރަކު ވެސް ފަތުރުވެރިކަން އެންމެ ގިިނައިން ޒިޔާރަތްކުރާ ދުވަސްވަރު ކަމަށްވާ ނޮވެމްބަރު މަހާއި ޖަނަވަރީ މަހާ ދެމެދު އަހަރުގެ އެހެން މަސްތަކާ އަޅާ ބަލައި އިރު ސްރީ ލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ބޮޑުތަނުން ގިނަވެއެވެ. ލަންކާގެ ރައްޔިތެއް ކަމަށްވާ ހީރަތު ރޯހަންގެ ހޯމްސްޓޭ ފްލެޓުގައި ވެސް ގިނަ ޢަދަދެއްގެ ފަތުރުވެރިން އެ ދުވަސްވަރު ތިބެއެވެ. ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ސްރީ ލަންކާއަށް ބާރުގަދަ ތޫފާނެއް ކަމަށްވާ ތޫފާން ދިތުވާ އަރައި 500އެއްހާ މީހުން މަރުވެފައިވާއިރު، މިއަދު ހީރަތު ވެސް ހުރީ އެހީދޭ މަރުކަޒެއްގައެވެ. ތޫފާނުގައި އޭނާގެ ފްލެޓަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ އިރު އޭނާގެ ވިޔަފާރި އަލުން ކޮޅަށް ޖަހާނެ ގޮތެެއް އޭނާއަކަށް ނޭނގެއެވެ.
ތޫފާނުގެ ކުރިން ހީރަތުގެ ފްލެޓު ފަތުރުވެރިންނަށް ކުއްޔަށް ދީގެން ރެއަކަށް 30 ޑޮލަރު ދިޔައީ ލިބެމުންނެވެ. އޭނާގެ ޢާއިލާ ބަލަހައްޓަމުން ދިޔައީ އެ ފްލެޓުން ލިބެމުންދިޔަ އާމްދަނީއިންނެވެ. ނަމަވެސް ތޫފާނާގައި ލިބުނު ގެއްލުމާއެކު ޑިސެމްބަރު މަހަށާއި ޖަނަވަރީ މަހަށް ނަގާފައިވާ ހުރިހާ ބުކިންގއެއް ކެންސަލް ކުރުމަށް ހީރަތުއަށް ވަނީ މަޖުބޫރުވެފައެވެ. ފްލެޓު ކުއްޔަށް ނެގުމަށް އަދިވެސް މީހުން އޭނާއާ ގުޅަމުން ދިޔަ ނަމަވެސް އެ ބުކިންގތައް މިއަދު ނެގޭކަށް ނެތެވެ. ފަތުރުވެރިކަމަކީ ސްރީ ލަންކާއަށް ތިންވަނައަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ ދާއިރާއެވެ. އެ ޤައުމުގެ އުފެއްފުންތެރިކަމުގެ ނިސްބަތުގެ 4 އިންސައްތަ ޙިއްޞާ ކުރަނީ ފަތުރުވެރިކަމުގެ ސިނާޢަތުންނެވެ. ސްރީ ލަންކާއަށް 2022ވަނަ އަހަރު ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެ ޤައުމު އަލުން އާރާސްތުކުރުމައި ފަތުރުވެރިކަމުން ދިޔައީ މުހިންމު ދައުރެއް ޢަދާކޮށްދެމުންނެވެ. ނަމަވެސް ތޫފާން ދިތުވާއަށް ފަހު ހީރަތަށް ދިމާވެފައިވާ ޙާލަތުން ވެސް ދައްކުވައިދެނީ ސްރީ ލަންކާގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މުހިންމު ދައުރެއް ޢަދާކުރާ ކުދި ވިޔަފާރިތަކުގެ ނާޒުކު ކަމެވެ.
ކަން މިހެން އޮތް ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާ އަކުން ހަލުވިކަމާއެކު ކުރިއަރައިގެން ދާނެ ކަމުގެ އުންމީދު ބޮޑެވެ. ތޫފާން ކުރިމަތިވި ނަމަވެސް ބުކިންގ ކެންސަލްކުރާ މިންވަރު ހުރީ އެންމެ 1 އިންސައްތައިގައެވެ. ތޫފާނުގައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ސަރަޙައްދުތަކުގައި ހުރި ހޮޓާތައް ވެސް ހުރީ ހުޅުވައިފައެވެ. ފަތުރުވެރިން ތިބީ ރައްކާތެރި ޙާލުގައި ކަމަށް އެ ޤައުމުގެ ހޮޓެލްސް އެސޯސިއޭޝަނުން ބުނެއެވެ. ނޮވެމްބަރު މަހުގެ މެދާ ހަމަައަށް ދިޔައިރު ދެ މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ސްރީ ލަންކާއަށް ޒިޔާރަތްކޮށްފައެެވެ. މި އަހަރު ނިމުމުގެ ކުރިން އެ ޢަދަދު 2.6 މިލިޔަނަށް އަރާނެ ކަމަށް ސްރީ ލަންކާގެ ސަރުކާރުން އުންމީދުކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
