
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އޮސްޓްރޭލިޔާގައި ޤާނޫނީ ގޮތުން މީސްމީޑިއާގެ މަންސަތައް ބޭނުން ކުރެވޭނެ އެންމެ ހަގު އުމުރަކީ 16 ކަމަށް ކަނޑައަޅައި ތަޞްދީޤު ކޮށްފައިވާ ޤާނޫނު ތަންފީޒު ކުރަން ފެށުމާ އެކު، ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް މި ފަދަ ޤާނޫނުތައް އެކުލަވައިލުމުގެ މަސައްކަތް ފަށާނެ ކަމަށް ޤަބޫލު ކުރެވޭ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ބުނެފިއެވެ. 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާގެ މަންސަތައް ބޭނުން ކުރުން މަނާ ކުރާ ޤާނޫނު އޮސްޓްރޭލިޔާއިން ތަޞްދީޤު ކޮށްފައި ވަނީ ހުސްވި 2024ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އަދި، މި ހިނގާ ޑިސެންބަރު މަހުގެ 10ވަނަ ދުވަހު އެ ޤާނޫނަށް އަމަލު ކުރަން ފަށާނެއެވެ. އޮސްޓްރޭލިޔާގެ އީސޭފްޓީ ކޮމިޝަނަރު ޖޫލީ އިންމެން ގްރާންޓް ވިދާޅުވީ، 16 އަހަރުން ދަށުގެ ކުދިން މީސްމީޑިއާގެ މަންސަތައް ބޭނުން ކުރުން މަނާ ކުރާ ޤާނޫނު އެ ޤައުމުގައި ތަންފީޒު ކުރަން ފެށުމާ އެކު، އެ ފަދަ މަންސަތައް ހިންގާ ބޮޑެތި ކުންފުނިތަކަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައެވެ. މި ނިންމުމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކުންފުނިތަކާއި މަންސަތަކުގެ ތެރޭގައި އިންސްޓްގްރާމް، ފޭސްބުކް އަދި ތުރެޑްސް ހިންގާ މެޓާ، ޓިކްޓޮކް، ސްނެޕްޗެޓް، އަދި ގޫގްލްގެ މަންސަތައް ހިންގާ އަލްފަބެޓް ހިމެނެއެވެ.
އޮސްޓްރޭލިޔާގެ އައު ޤާނޫނާ ދެކޮޅަށް އެ ކުންފުނިތަކުން ވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ. ނަމަވެސް، ޤާނޫނު ތަންފީޒު ކުރަން ފެށުމުގެ ސުންގަނޑި ކައިރިވާން ފެށުމާ އެކު، އެ ކުންފުނިތަކުން ވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން 16 އަހަރުން ދަށުގެ ކުދިންގެ ނަމުގައި ހުޅުވާފައިވާ އަދި ހިންގާ އެކައުންޓުތައް ‘ޑީއެކްޓިވޭޓް’ ކުރަން ނުވަތަ ބަންދު ކުރަން ފަށާފައެވެ. އޭގެ ތެރޭގައި މެޓާގެ އިންސްޓަގްރާމް، ފޭސްބުކް އަދި ތުރެޑްސްގައި ހިންގާ އެކައުންޓްތައް ހިމެނެއެވެ. ގްރާންޓް ދެކެވަޑައިގަންނަވާ ގޮތުގައި މި ފަދަ ކުންފުނިތައް ހިންގަން ބޭނުންވާ، އަދި މާލީ ފައިދާ ހޯދުމަށް ބޭނުން ކުރާ “ފައިސާއަކީ” އެ ފަދަ މަންސަތައް ބޭނުން ކުރާ މީހުންގެ ޒާތީ މަޢުލޫމާތެވެ. 27 މިލިޔަން މީހުންގެ އާބާދީއެއް އޮތް އޮސްޓްރޭލިޔާގެ 16 އަހަރުން ދަށުގެ އާބާދީގައި ހިމެނޭ ޒުވާން އުމުރުފުރައިގެ ކުދިންގެ ތެރެއިން %96 ކުދިންނަކީ މީސްމީޑިއާގެ މަންސަތައް ބޭނުން ކުރާ ކުދިންނެވެ. އެ ކުދިންގެ އަދަދު މިލިޔަނަކަށް އަރާނެ ކަމުގައި ތަފާސްހިސާބުތަކުން ސާފުވެއެވެ.
އޮސްޓްރޭލިޔާގެ 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާގެ މަންސަތައް ބޭނުން ކުރުން މަނާކުރުމުގެ ޤާނޫނު ތަންފީޒު ކުރަން ފެށުމުން ކަން ހިނގާ ގޮތް ބެލުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކުން ދަނީ އިންތިޒާރު ކުރަމުންނެވެ. ނަމަވެސް، ބައެއް ޤައުމުތަކުން މިހާރު ވެސް ވަނީ މި ފަދަ ފިޔަވަޅުތަކެއް ތައާރަފު ކުރުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފައެވެ. އޭގެ ތެރޭގައި މެލޭޝިޔާ ހިމެނެއެވެ. މެލޭޝިޔާގެ މުއާޞަލާތާ ބެހޭ ވަޒީރު ފަހްމީ ފަޒީލް ވިދާޅުވީ، އެ ޤައުމުތަކުގައި ވެސް 16 އަހަރުން ދަށުގެ ކުދިން މީސްމީޑިއާގެ މަންސަތައް ބޭނުން ކުރުން މަނާކޮށް، 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް އެ ފަދަ މަންސަތައް ބޭނުން ކުރުމުގެ ފުރުޞަތު ހަނިކުރުމަށް ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
