
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙްގެ ބިންގަރާހެއްގައި ތާށިކޮށްލާފައި ތިބި 40 މީހުން ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީން ބުނެފިއެވެ. ޔަހޫދީ ފައުޖުން ބުނީ، އެއީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންތަކެއް ކަމުގައެވެ. ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ރަފަޙް މި ވަގުތު އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ރަފަޙް ޔަހޫދީންގެ އަތްގަދަށް ގެންދިޔުމާ އެކު، އެ ރަށުގައި ބިނާކޮށްފައިވާ ބިންގަރާސްތަކުގައި 200އެއްހާ މީހުން ތާށިވެފައިވާ ކަމުގައި ބެލެވެއެވެ. އޭގެ ތެރޭގައި ގިނައީ ޢާންމުން ކަމުގައި ބުނެ، އެ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަން ތުރުކީވިލާތުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ނަމަވެސް، ޔަހޫދީން ބުނީ އެއީ ޙަމާސްގެ މުޖާހިދުން ކަމުގައެވެ.
ޔަހޫދީި ފައުޖުން ބުނީ، ބިންގަރާސްތަކުގައި ތާށިވެފައިވާ މުޖާހިދުންގެ ތެރެއިން އެ ތަނުން ނިކުތުމަށް މަސައްކަތް ކުރަމުންދާ މީހުންނާ ކުރިމަތިލައި، ޝަހީދު ކުރަމުންދާ ކަމުގައެވެ. އަދި، ބައެއް މީހުން އަމާން ދީފައިވާ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ސަލާމަތުން ރަފަޙުން ނިކުތުމުގެ ފުރުޞަތު ބޭނުންވާ ނަމަ، އަމާން ދިނުމަށް ބިންގަރާހުގައި ތިބި މުޖާހިދުންނަށް ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ދަނީ ބާރު އަޅަމުންނެވެ. ނަމަވެސް، އެ ކަމާ ގުޅޭ މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ.
މި ކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، ބިންގަރާސްތަކުގައި ތާށިވެފައި ތިބި މުޖާހިދުން އަމާން ދިނުމަކީ، ދެމެހެއްޓިނި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތު ކަމުގައެވެ. ބިންގަރާހުގައި ޝަހީދު ކޮށްލާފައިވާ ޙަމާސްގެ މުޖާހިދުންގެ ތެރޭގައި ޙަމާސްގެ އިސް ކޮމާންޑަރުންތަކެއް ހިމެނޭ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. އޭގެ ތެރޭގައި އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޣާޛީ ޙަމަދުގެ ދަރިއަކާއި، އިސް ކޮމާންޑަރެއް ކަމުގައިވާ މުޙައްމަދު އަލް-ބައްވާބީ ހިމެނޭ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ނަމަވެސް، ޙަމާސުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
