
މާދަމާ ރޭ ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް މެކްސިކޯ ކުޅެން ޖެހޭ ޓީމުތައް އެނގުމުން އެ ރަސްމިއްޔާތު ދޫކުރައްވައި އެނބުރި ވަޑައިގަންނަވާނެ ކަމަށް މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވިދާޅުވެއްޖެއެވެ. އެމެރިކާ އާއި ކެނެޑާއާ އެކު މުބާރާތް ބާއްވާ މެކްސިކޯގެ ރައީސް މި ފަދައިން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވެރިކަމަށް ވަޑައިގަތް ފަހުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެވެ. މި ދެ ބޭފުޅުން، މިދިޔަ ޖޫން މަހު ޖީ،ހަތެއްގެ ބައްދަލުވުމުގެ ތެރެއިން ބައްދަލުކުރައްވަން ހަމަޖެހިފައި އޮތަސް ފަހުން އެ ކަން ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ޝެއިންބައުމް ފުރަތަމަ ހުންނެވީ ވޯލްޑްކަޕް ގުރުނެގުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ގޮތަކަށްނޫނެވެ. ނަމަވެސް ފަހު ވަގުތު އެމެރިކާ އަށް ވަޑައިގަންނަވަން ނިންމެވީ މުބާރާތް ބާއްވާ އަނެއް ދެ ގައުމުގެ ވެރިން ކަމަށްވާ އެމެރިކާގެ ރައީސް ޓްރަމްޕާއި ކެނެޑާގެ ބޮޑުވަޒީރު ވެސް ރަސްމިއްޔާތަށް ވަޑައިގަންނަވާތީ އެވެ. “މިއީ ވަރަށް ކުރު އިވެންޓެއް. ކެނެޑާގެ ބޮޑުވަޒީރާއި ރައީސް ޓްރަމްޕް ވެސް އެ ތަނުގައި ތިބޭނެ. އަހަރެން އެތަނުގައި ހުންނާނީ ރަސްމިއްޔާތު ފަށާއިރު. އަހަރުމެންގެ ގްރޫޕް އެނގުމުން އަހަރެން ރަސްމިއްޔާތު ދޫކޮށްލާނަން،” ކޮންމެ ދުވަހަކު ބާއްވަވާ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޝެއިންބައުމް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ފިފާގެ ސުލްހައިގެ އިނާމް ޓްރަމްޕަށް ދެއްވާނެ ކަަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ. ފަހަރުގައި އެމަންޒަރު ބައްލަވަން މެކްސިކޯގެ ރައީސް އިންނަވަން ބޭނުންފުޅު ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ވޯލްޑް ކަޕް ގުރު ނެގުމުގެ މި ރަސްމިއްޔާތު ވެގެންދާނީ އެކަމަނާ އާއި ޓްރަމްޕް ސީދާކޮށް ބައްދަލުވާ ފުރަތަމަ ފަހަރަށެވެ. މި ދަތުރުފުޅުގައި ޓްރަމްޕާ ވަކިން ބައްދަލުކުރައްވާނަންތޯ ސުވާލު ކުރުމުން ޝެއިންބައުމް ވިދާޅުވީ އެފަދަ ކަމެއް އަދި ޔަގީން ނުވާ ކަމަށެވެ.
“ބައްދަލުވުމެއް އޮތަސް އެކަން ވެގެންދާނީ ވަރަށް ކުރު ބައްދަލުވުމަކަށް،” ޝެއިންބައުމް ވިދާޅުވި އެވެ. އެ ކަމަނާ ކުރިން ވިދާޅުވީ އެމެރިކާ އަށް ވަޑައިގަންނަވާނީ އެ ގައުމުން ޑިޕޮލޮމެޓިކް އިންތިޒާމްތައް ހަމަޖައްސައިދީފިނަމަ އެކަނި ކަމަށާއި ދައުވަތު ލިބުނީ އެމެރިކާއިން ނޫން ކަމަށެވެ. ދައުވަތު ލިބުނީ ފީފާއިން ކަމަށެވެ. އެމެރިކާ އާއި މެކްސިކޯގެ ގުޅުން ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާއެކު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ހާއްސަކޮށް ސިޔާސީ އަދި ވިޔަފާރީގެ ދާއިރާގަ އެވެ. މި ގޮތުން ރައީސް ކަމަށް ވަޑައިގަތުމާއެކު ޓްރަމްޕް ވަނީ ގަލްފް އޮފް މެކްސިކޯގެ ކަނޑުގެ ނަންނަ ގަލްފް އޮފް އެމެރިކާ އަށް ވެސް ބަދަލު ކުރުމަށް ވެސް މަސައްކަތް ކުރައްވާފަ އެވެ.
ސިޔާސީ ގޮތުން އެމެރިކާއާ ގުޅުން ގޯސްވުމުގެ ސަބަބުން އިރާނުން ވެސް ވަނީ ވޯލްޑް ކަޕް ގުރު ނެގުމުގެ ރަސްމިއްޔާތު ބޮއިކޮޓް ކުރާނެ ކަމަށް ބުނެފަ އެވެ. އެއީ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މި ރަސްމިއްޔާތަށް ވަޑައިގަތުމަށް ވިސާ ހަމަޖައްސައި ނުދިނުމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
