
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަންނަ މަހު ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ގައުމީ ފުޓްސަލް ޓީމު ރަނގަޅަށް ތައްޔާރު ކުރެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށާއި މުބާރާތުގެ ކުރިން އިންޑޯގައި ފަރިތަކުރުންތައް ބާއްވާނެ ކަމަށް ގައުމީ ޓީމާއި ހަވާލުވި ހެޑް ކޯޗު، އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވް ބުނެފިއެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ޓީމު އެކުލަވާލުމަށް ހުޅުމާލެ ރެހެންދި ޓާފްގައި ކުރިޔަށް ގެންދިޔަ ސިލެކްޝަންގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އުޒްބަކިސްތާނުގެ ތަޖުރިބާކާރު ކޯޗު ޒަކިރޯވް ބުނީ ސިލެކްޝަންގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންވެސް އަދި އިތުރު ކުރިއެރުން ބޭނުންވާ ކަމަށެވެ.
ބޭރު ގައުމުތަކުގެ ކުޅުންތެރިންނާއި ވާދަކުރުމަށް ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ލީގެއްގެ ތަޖުރިބާ މުހިންމު ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ހުރިހާ ކުޅުންތެރިންނަށްވެސް އަދި އިމްޕްރޫވްމެންޓް ބޭނުންވޭ، ރާއްޖޭގައި ފުޓްސަލް ލީގެއް ނެތުމުގެ ސަބަބުން ފުޓްސަލް ކުޅުންތެރިންނަށް ބޭރު ގައުމުތަކާއި ވާދަކުރަން އަދި ވަރަށް ބޮޑަށް ތަޖުރިބާ ބޭނުންވޭ” ޒަކިރޯވް ބުންޏެވެ. މިހާރު ކުރިޔަށް ގެންދާ ސިލެކްޝަންގެ ތެރެއިން 25 ކުޅުންތެރިން ހޮވައިގެން ފަރިތަކުރުމަށްފަހު ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް 14 ކުޅުންތެރިންގެ ޓީމެއް އެކުލަވާލާނެ ކަމަށްވެސް ކޯޗު ބުންޏެވެ. 14 ކުޅުންތެރިންނާއެކު ތައިލޭންޑަށް ދިއުމުގެ ކުރިން ރަނގަޅު ޓީމެއް ބިނާކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ބުންޏެވެ.
ޒަކިރޯވްގެ އިރުޝާދުގެ ދަށުން އެކުލަވާލާ ޓީމުން އައުޓްޑޯގައި ފަރިތަކުރިޔަސް މުބާރާތް ކުޅޭނީ އިންޑޯގައެވެ. އެހެންކަމުން ތައިލޭންޑަށް މުބާރާތަށް ދިއުމުގެ ކުރިން ޗައިނާގައި އިންޑޯ ކޭމްޕެއް ބޭއްވޭތޯ މަސައްކަތް ކުރާނެ ކަމަށް ކޯޗު ބުންޏެވެ. 10 ވަރަކަށް ދުވަހު ޗައިނާގައި އިންޑޯ ފަރިތަކުރުންތައް ބޭއްވިއްޖެނަމަ ވަރުގަދަ ޓީމެއް ތައިލޭންޑުު މުބާރާތަށް ނެރެވޭނެ ކަމަށްވެސް ޒަކިރޯވް ބުންޏެވެ. ޒަކިރޯވް ބުނީ ސާފު ފުޓްސެލް މުބާރާތަކީ މުސްތަގުބަލުގައި ރާއްޖޭގެ ޓީމުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތަކަށްވާނެ ކަމަށް ބެލެވޭ ކަމަށް ކޯޗު ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގައުމީ ފުޓްސަލް ޓީމު ތައްޔާރުވަމުން އަންނަނީ ޖެނުއަރީ 14-26 އަށް ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 އަށެވެ. މި މުބާރާތަށް ރާއްޖޭގެ ފުޓްސަލް ޓީމު ތައްޔާރުކުރުމަށް ޒަކިރޯވްއާއިއެކު ހަރަކާތްތެރިވާ ކޯޗިން ސްޓާފުންގެ ތެރޭގައި އެންމެ ފަހުން ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗުގެ މަގާމު އަދާކުރި ކޯޗު އަހުމަދު ނިޔާޒް (ނިޔާ) އާއި ކޯޗު އަހުމަދު އަހުސަން އާއި މުހައްމަދު ފުހެއިދު (ޓޯޑް) އަދި މުހައްމަދު އިހުސާން (ލިޔުބީ) ވެސް ހިމެނެއެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ނިކުންނާނީ 14 ޖެނުއަރީގައި މި ސަރަހައްދުގެ ގަދަ ބާރެއް ކަމުގައި ބަލާ ޕާކިސްތާނާއި ދެކޮޅަށެވެ. ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ 16 ޖެނުއަރީގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މެޗަށްފަހު ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ 20 ޖެނުއަރީގައި އިންޑިއާ އާއި ދެކޮޅަށެވެ.
އަދި 22 ގައި ނޭޕާލްއާއި ދެކޮޅަށް ކުޅެން ޖެހޭއިރު 24ގައި ރާއްޖެ ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ. ފަހު މެޗުގައި ނިކުންނާނީ 26 ޖެނުއަރީގައި އަވައްޓެރި ސްރީލަންކާ އާއި ދެކޮޅަށެވެ. ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ނޮންތަބުރި ސްޓޭޑިއަމްގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
