
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑާލޭންޑް އާއި ދެކޮޅަށް ޗެމްޕިއަން ލިވަޕޫލް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ. ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު ކޯޗު އާނޭ ސްލޮޓް ވަނީ ފޯވަޑް މުހައްމަދު ސަލާ ޖެހިޖެހިގެން ދެވަނަ މެޗަށް ބެންޗަށް ލާފަ އެވެ. ނަމަވެސް ދެވަނަ ހާފުގައި އޭނާ ވަނީ ކުޅެން އަރުވާފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ލިވަޕޫލް އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް ސަންޑަލޭންޑް އަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން އެ ޓީމުން ވަނީ ޖުމްލަ 6 ހަމަލައެއް ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ހާފުގައި ސަންޑަލޭންޑްގެ ޓްރެއި ހޫމް ފޮނުވާލި ބާރު ހަމަލައެއް ވަނީ ލިވަޕޫލްގެ ގޯލަށް އަމާޒުވެފަ އެވެ.
ސަންޑަލެންޑް އިން މި މެޗުގައި ލަނޑު ޖަހާފައިވަނީ މެޗުގެ 67 ވަނަ މިނިޓުގައި ޗެމްސްޑައިން ޓަލްބީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަދެފައިވަނީ ޑިފެންޑަރ ވެންޑައިކްގެ ގައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސްފަ އެވެ. ލިވަޕޫލް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ފްލޯރިއަން ވާރޓްސް ފޮނުވާލި ބޯޅައެއް ސަންޑަލޭންޑްގެ ނޯޑީ މުކިއޭލޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
މި ނަތީޖާ އާއިއެކު ސަންޑަލެންޑް އަށް 14 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ވަނީ ތާވަލުގެ ހަވަނަ މަގާމް ލިބިފަ އެވެ. ލިވަޕޫލް އަށް ލިބިފައިވާ 22 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
