
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމް ވިމެންސް ލީގު 2025 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން މޮޅަކާ އެކު ލީގު ފަށައިފިއެވެ. ލީގުގަ ކުޅުނު ފުރަތަމަ މެޗު މާޒިޔާ ކާމިޔާބު ކުރީ ބިސްބުރު ސްޕޯޓްސް ކުލަބާ ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ. ހެންވޭރު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މާ އެދެވޭ ހަމަލާއެއް އުފެއްދިފަ ނުވެއެވެ. މެޗުގެ ފުރަތަމަ ހާފުގެ ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބިފަވަނީ މާޒިޔާގެ ފާތުމަތު އަޒްފާއަށެވެ. 27 ވަނަ މިނިޓުއި އަޒްފާ ހުސްކޮށް ހުރެ ހިފައިގެން ދިޔަ ބޯޅައެއް ބިސްބުރު ޕެނެލްޓީ އޭރިއާ ތެރެއިން ޓެކުލްކޮށް ބޭރުކޮއްލީ އެޓީމުގެ ޝައުފާ އިބްރާހިމްއެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ބިސްބުރުން ރަނގަޅަށް ކުޅުނު ނަމަވެސް މާޒިޔާ ވަނީ ފަހުން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. މާޒިޔާ އިން މެޗުގެ ލީޑު ނެގީ 58 މިނިޓުގައި ލިބުނު ޕެނެލްޓީއަކުން ޝަހުފާ ޝިއުތު ކާމިޔާބު ކުރި ލަނޑުންނެވެ. މިއީ ބިސްބުރު ކުޅުންތެރިއެއްގަ އަތުގައި އޭރިއާ ތެރެއިން ބޯޅައިން ޖެހުމުގެ ސަބަބުން ލިބުނު ޕެނެލްޓީއެކެވެ. މާޒިޔާ ދެވަނަ ލަނޑީ މެޗުގެ އިތުރުވަގުތުގެ ތެރޭގައި ފަހުހާފުގައި ބަދަލަކަށް ނުކުތް ފާތުމަތު ނިހާމާ ގޯލަށް ވައްދާލި ބޯޅައެކެވެ. މިއީ އޭރުޔާ ބޭރުން ނިހާމާއަށް ލިބުނު ބޯޅައެއް ހިފައިގެން ވަދެ ކާމިޔާބު ކުރި ލަނޑެކެވެ.
ވިމެންސް ލީގުގެ ފުރަތަމަ މެޗުތަކުގެ ކުޅުން ނިމުނުއިރު ވިކްޓަރީގެ އިތުރުން މާޒިޔާ ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. ލީގުގަ ދެން މެޗެއް އޮންނީ ހުކުރުދަވަހު ހަވީރުއެވެ. އެ މެޗުގަ ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
