
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ޓީމުތައް ކުރިއަރަމުން އަންނަ ކަމަށާއި، ލީގުގެ ދެވަނަ ބުރު ވަރުގަދަވާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުންވެސް މޮޅުވެ، ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 27 ޕޮއިންޓާއެކުއެވެ. މާޒިޔާ އަކީ ލީގުގެ ފުރަތަމަ ބުރުގެ ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމެވެ. މި މެޗުތަކުގައި އެ ޓީމުން 35 ލަނޑު ޖަހާފައިވާއިރު، ބައިކޮޅަށް ވަދެފައިވަނީ އެންމެ ތިން ލަނޑެވެ.
ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު “ޕީއެސްއެމް ނިއުސް” އަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ ދެވަނަ ބުރު ފެށުމުގެ ކުރިން މިހާރު ބޭނުންވަނީ މުޅި ޓީމަށް ހަމަޖެހިލަން ވަގުތުކޮޅެއްދޭން ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުންވެސް މޮޅުވުމުން އުފާވާ ކަމަށާއި، ކުޅުންތެރިންގެ ކިބައިން އިތުރަށް އެދޭނެ އެއްވެސް ކަމެއް ނެތް ކަމަށްވެސް ވަނީ ބުނެފައެވެ. ހެނާންޑޭޒް ބުނީ ލީގުގައި މިހާރު ވާދަކުރަމުން އަންނަ ޓީމުތައް ކުރިއަރަމުން އަންނަ ކަމަށާއި، އެހެންކަމުން ލީގުގެ ދެވަނަ ބުރު ވަރުގަދަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ލީގުގެ ފެންވަރު މަތިވަމުން އައި ނަމަވެސް، މާޒިޔާއަށް ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. ހެނާންޑޭޒް ބުނީ ޓީމާ ހަވާލުވިއިރު، މާޒިޔާއަކީ ޗެމްޕިއަނުންކަން އެނގޭ ކަމަށާއި، އެހެންކަމުން އެކަން ދިފާއުކުރުމަށް އޭނާއަށް ޒިންމާއެއް އެބައޮތް ކަމަށެވެ. އަދި ލީގުގެ ކޮންމެ މެޗަކަށްވެސް ނުކުންނަނީ މޮޅެއް ހޯދުމަށް ކަމަށާއި، މިހާރު އޮތް މަގާމު ދެވަނަ ބުރުގައިވެސް ހިފަހައްޓަން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ލީގުގެ އެއްވަނައިގައި މާޒިޔާ މި ވަގުތު އޮތީ ފަސް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް 22 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
