
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ބުރު ސްޕޯޓްސް ކުލަބުގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ. މިއީ އުމުރުން 37 އަހަރުގެ ފައިސަލް ނިއު ރޭޑިއަންޓާ ގުޅުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރު ނިއު ރޭޑިއަންޓާ ގުޅުނު ފައިސަލް ވަނީ އެފަހަރު އެޓީމުގައި ދެއަހަރު ހޭދަކޮށްފައެވެ. ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޮޕަރޭޝަނެއް ކުރުމަށްފަހު، އަނިޔާއިން ރަނގަޅުވެ މި ސީޒަނުގައި ފައިސަލް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ދެއަހަރަށްފަހު ގައުމީ ފުޓުބޯޅަ ޓީމުން އަލުން ފުރުސަތު ހޯދައި، މި ފަހުން ކުޅުނު މެޗުތަކުގައި ގައުމީ ޓީމުގެ ގޯލު ބަލަހައްޓާފައިވަނީވެސް ފައިސަލެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތަށި 2018 ވަނަ އަހަރު ރާއްޖެއިން ހޯދިއިރު، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރު ފައިސަލް ވަނީ މިހާތަނަށް ފުރަތަމަ ޑިވިޝަނުގެ ހަތް ކުލަބަކަށް ކުޅެފައެވެ. ނިއު ރޭޑިއަންޓުން ކީޕަރު ފައިސަލްގެ ސޮއި ހޯދިއިރު، އެ ޓީމުން މި ސީޒަން ފެށީ ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް އާއެކުއެވެ. އެކަމަކު އޭނާއަށް ސީރިއަސް އަނިޔާއެއް ދިމާވުމުން އެ ޓީމުން ވަނީ އިމަޖެންސީ ޓްރާންސްފާއެއްގެ ގޮތުގައި ސްރީ ލަންކާގެ ކީޕަރު ކަވީޝް ލަކްޕްރިޔާގެ ސޮއި ހޯދާފައެވެ. ނަމަވެސް އޭނާއަށްވެސް އަނިޔާވެ ލީގުގެ ފުރަތަމަ ބުރުގައި ނިއު ރޭޑިއަންޓުން ކުޅުނު ފަހު މެޗުގައި ކުޅެން އެރުވީ ބަދަލު ކީޕަރު އަބްދުﷲ ޒިމާމެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗަށްފަހު “ޕީއެސްއެމް ނިއުސް” އަށް ދިން އިންޓަވިއުއެއްގައި ނިއު ރޭޑިއަންޓުގެ ކޯޗު އަލީ ސުޒެއިން ވަނީ ޓީމަށް އަނިޔާގެ ގިނަ މަސައްލަތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ. އަދި ދެވަނަ ބުރު ފެށުމުގެ ކުރިން އަނިޔާގައި ތިބި ކުޅުންތެރިންގެ ބަދަލުގައި އައު ކުޅުންތެރިން ހޯދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު ނިއު ރޭޑިއަންޓް އޮތީ ތާވަލުގެ ތިންވަނައިގައި 17 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މާޒިޔާއަށް ވަނީ 27 ޕޮއިންޓް ލިބިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
