
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރަ)
ބެޑްމިންޓަންގެ ބައިނަލްއަގުވާމީ އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ސަސްޕެންޝަނުގައި އޮތް ރާއްޖެއަށް އެ އިދާރާއިން ލުޔެއް ދިން ފަހުން ރާއްޖޭގެ ސީނިއަރ ބެޓްމިން ކުޅުންތެރިން ބައިވެރިވި ބައިނަލްއަގުވާމީ ތިން މުބާރާތަކުން އެކި ވަނަތައް ހޯދައިގެން ރާއްޖެއައި ރިވައިވަލް ސްޕޯޓްސްގެ ޓީމަށް ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މި ޓީމަށް އެއާޕޯޓްގެ ވީއައިޕީ ލައުންޖުން މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމް އާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދާއި، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އިޝްފާން މުޙައްމަދުގެ އިތުރުން އެ އެސޯސިއޭޝަނާއި ރިވައިވަލް ސްޕޯޓްސްގެ ބައެއް މެންބަރުންނެވެ.
ރާއްޖޭގެ ގައުމީ ޓީމުގައިވެސް ހިމެނޭ އެތުލީޓުންނާއެކު ރިވައިވަލްގެ ކުޅުންތެރިން ވަނީ ދެކުނު އެފްރިކާ ޓުއަރގެ ތިން މުބާރާތެއްގައި ވާދަކޮށް ޖުމްލަ ހަތް މެޑެލް ހޯދާފައެވެ. ކުޅުންތެރިންގެ މި ކާމީޔާބީއަށް މަރުހަބާ ދަންނަވާ ވަޒީރުވަނީ ކުރިޔަށް އޮތްތަނުގައިވެސް ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް އިތުރު ވަނަތައް ގެނެސްދިނުމަށް ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
އަދި ގައުމީ ޓީމުގެ ތަކުގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާ ރިވައިވަލްގެ ކުޅުންތެރިންނަށްވެސް ކުރިޔަށް އޮތްތަނުގައި ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުން ވަޒީރު ވާހަކަފުޅު ދެއްކެވިއެވެ. ދެކުނު އެފްރިކާގެ ތިން މުބާރާތުން ރާއްޖެއަށް މެޑަލްތައް ގެނެސްދިނީ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި އައިމިނަތު ނަބީހާ އަބްދުއްރައްޒާޤާއި ފާތިމަތު ނަބާހާ ރައްޒާޤެވެ. އެގޮތުން ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ނޮވެމްބަރު 27-30 އަށް ކުރިއަށްދިޔަ އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަރނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެނުންގެ އޯޕަން ސިންގަލްސްގައި ވާދަކޮށް ނަބާހާ (ނަބާ) ވަނީ ރިހި މެޑެލް ހޯދާފައެވެ. އަދި މިކްސްޑް ޑަބަލްސްގައި ވާދަކޮށް ޒަޔާން އާއި ނަބާގެ ޕެއަރއިން ވަނީ ލޯ މެޑަލް ހޯދާފައެވެ.
މީގެ އިތުރުން ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ ޑަބަލްސް އިވެންޓުން ނަބާ އާއި ޒަޔާންގެ ޕެއަރ ވަނީ ރަން މެޑަލް ހޯދާފައެވެ. އެމުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާ އާއި ނަބީގެ ޕެއާވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި ބޮޓްސްވާނާ އިންޓަނޭޝަނަލް މުބާރާތުގެ އަންހެން ޑަބަލްސް ބައިން ނަބާ އާއި ނަބީގެ ޕެއާއިން ރިހި މެޑަލް ހޯދިއިރު މިކްސްޑް ޑަބަލްސް އިވެންޓުން ޒަޔާން އާއި ނަބާގެ ޕެއާއިން ވަނީ ލޯ މެޑަލް ހޯދާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
