
އަންހެނުންގެ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޖަރުމަނު 3-0އިން ބަލިކޮށް ސްޕޭން ދިފާއުކޮށްފިއެވެ. ކްލައުޑިއާ ޕިނާ ދެ ވަނަ ހާފުގައި ޖަހައިދިން ދެ ގޯލުގެ ލީޑުން މެޗު ނިމެން ދަނިކޮށް ސްޕޭނަށް ނަތީޖާ ފުޅާ ކޮށްދިނީ ޒުވާން ކުޅުންތެރިޔާ ވިކީ ލޮޕޭޒެވެ. ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި 55000 މީހުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި ވިދިވިދިން ތިން ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އައިޓާނާ ބޮންމާޓީ ނުކުޅެ އެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗަށް ފަހު ޕްރެކްޓިސް ކުރަނިކޮށް އޭނާގެ ފައިބިނދި އިއްޔެ ވަނީ އޮޕަރޭޝަންކޮށްފަ އެވެ.
މެޗަށް ފަހު ކްލައުޑިއާ ޕިނާ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އަޒުމަކަށް ހެދީ ތަށި ހޯދުން ކަމަށާއި އެކަން ހާސިލް ވެއްޖެ ކަމަށެވެ. ކޯޗު މޮންސްޓޭ ޓޮމޭ ބުނީ މެޗުން މޮޅުވެ ތަށި ލިބުނީ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ. “އަހަރެންގެ މޫނު މަތިން ބުނެދެނީ އުފާވެރިކަން. އަހަރެންގެ ސިޓީ އަށް، އަހަރެންގެ ގައުމަށް އަނެއްކާ ވެސް ތަށި ހޯދައިމިދިނީ. އެންމެން މިތިބީ އުފާވެފައި،” ކޯޗު ބުންޏެވެ.
މި މެޗުގައި ފަހު 10 މިނިޓްގައި ސްޕޭނުގެ ކުރީގެ ކުޅުންތެރިޔާ ޖިނީ ހާމޯސޯ ކުޅެނެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކަޕް ފައިނަލަށް ފަހު އޭރުގެ ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ރުބިއަލެސް އޭނާ އަށް ބޮސްދިން މައްސަލައާ ހެދި ގައުމީ ޓީމުން އުނިކުރި ކުޅުންތެރިޔާ އަލުން އައިސް ކުޅުނު ފުރަތަމަ މެޗެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
