
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވިލާތުން ރަޝިޔާއާއެކު ހަނގުރާމައެއް ފަށައިފި ނަމަ ހަނގުރާމަ ކުރުމަށް ރަޝިޔާއިން ތައްޔާރަށް އޮތް ކަމަށާއި، އެ ފަދަ ޙާލަތެެއްގައި އިތުރު މަޝްވަރާއެއް ކުރުމަށް ފުރުޞަތު ނުލިބޭ މިންވަރަށް ރަޝިޔާއިން ވިލާތުގެ ބާރުތައް ބަލިކުރާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވިދާޅުވެއްޖެއެވެ. ރަޝިޔާއާއި ޔޫކްރެއިންއާ ހަނގުރާމަ ކުރަމުންދާތާ ހަތަރު އަހަރާ ގާތްވެފައިވާއިރު ޔޫކްރެއިންއާއި ވިލާތުގެ ބާރުތަކުން ބުނަމުން ދަނީ އެ ހަނގުރާމައިގައި ރަޝިޔާއަށް ކާމިޔާބީ ލިބިއްޖެ ނަމަ ރަޝިޔާއިން ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯއަށް ނިސްބަތްވާ ޤައުމުތަކަށް ޙަމަލާ ދިނުން އެކަށީގެންވާ ކަމަށެވެ. ދާދި ފަހުން ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ސިޔާތޯ ވަނީ ވިލާތުން ރަޝިޔާއާ ހަނގުރާމަ ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.
އެ ކަމާ ގުޅިގެން ޕުޓިން ވިދާޅުވީ ވިލާތުން ރަޝިޔާއާއެކު ހަނގުރާމަ ކުރަން ބޭނުންވެ، ހަނގުރާމައެއް ފަށައިފި ނަމަ ރަޝިޔާއިން ޙަމަލާތައް ދީ ހަލުވި ކަމާއެކު އެ ހަނގުރާމަ ނިންމާލާނެ ކަމަށެވެ. ހަނގުރާމަ ނިމޭއިރު އިތުރު މަޝްވަރާއެއް ކުރާނެ މީހަކު ވިލާތުގައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޕުޓިން ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ފުރިހަމަ ބާރު ބޭނުން ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް ވިލާތާ ކުރިމަތިލާ ނަމަ ހަނގުރާމަ ކުރާނީ އެ ގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕުޓިން އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތަށް ހުރަސްއަޅަނީ ވިލާތުން ކަމަށެވެ. މަޝްވަރާތަކުަގައި ރަޝިޔާއިން އެއްވެސް ޙާލަތެއްގައި އެއްބަސްނުވާނެ ފަދަ ހުށަހެޅުންތައް ވިލާތުން ހުށަހަޅަނީ، ރަޝިޔާއިން އެ ހުށަހެޅުންތަކަށް ދެކޮޅުހެދުމުން ރަޝިޔާއިން ޞުލްޙަ ބޭނުން ނުވާ ކަމަށް ތުހުމަތުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޓްރަމްޕްގެ ޚާއްޞަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖާރެޑް ކުޝްނަރއާއެކު ޑިސެމްބަރު މަހުގެ 2ވަނަ ދުވަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން ޕުޓިން ވަނީ މަޝްވަރާކުރައްވައިފައެވެ. ފަސް ގަޑިއިރަށް ދެމިގެންދިޔަ މި މަަޝްވަރާތަކުގައި ހަނގުރާމަ ހުއްޓައިލުމުގެ ދާއިރާއިން މާ ބޮޑު ކުރިއެރުމެެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ހަރުދަނާ ވާހަކަތައް ދެކެވުނު ކަމަށް ރަޝިޔާއިން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
