
އޭނާ އަށް ވަޒީފާގެ ބިރެއް ނެތް ކަމަށާއި ކުލަބުގެ ނަތީޖާތަކާ ބެހޭ ގޮތުން ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާ މަޝްވަރާކޮށްފައިވާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފިއެވެ. އޭނާ މިހެން ބުނީ އެތްލެޓިކް ކުލަބާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިން ސުވާލު ކުރުމުންނެވެ. އަލޮންސޯ މިހެން ބުނި ނަމަވެސް ކުލަބުގެ ނަތީޖާތައް ގޯސްވުމުން ރެއާލް މެޑްރިޑުން ވަނީ އަންނަ ބުރާސްފަތި ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ. މިރޭގެ މެޗުން ރެއާލް މޮޅުނުވެއްޖެނަމަ އެ ބައްދަލުވުމުގައި އަލޮންސޯ މަގާމުން ވަކިކުރަން ނިންމުން ގާތް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އަލޮންސޯ ބުނީ މިއީ އޭނާ އަށް އަމާޒު ކުރަންޖެހޭ ސުވާލެއް ނޫން ކަމަށެވެ. “އަހަރެން ވާނީ ރައީސްއާ ބައްދަލުކޮށްފައި ނަތީޖާތަކޭ ބެހޭ ގޮތުން. ރައީސް ހުންނެވީ ވަރަށް ޕޮޒިޓިވްކޮށް. އަހަރުމެން މަޝްވަރާ ކުރީ ނަތީޖާތައް ރަނގަޅު ކުރެވޭނެ ގޮތަކާމެދު. ކުލަބުގެ ކުޅުންތެރިންނާ ވެސް އަހަރެން ވާހަކަ ދެއްކިން. އަހަރުމެން ވާހަކަ ދެއްކީ މިހާރަށްވުރެ ބޮޑަށް އެކުވެރިވެ، އެންމެން އެކީގައި ނަތީޖާ ރަނގަޅުކޮށް، ޗޭންޖިން ރޫމުގައި ކަންކަން ރަނގަޅު ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން،” އަލޮންސޯ ބުންޏެވެ.
އޭނާ އަދި ބުނީ ފުޓްބޯޅައިގައި ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށާއި އެއްވެސް ކަމަކާ މެދު ޖެހިލުންވެން އޭނާ ނޫޅޭ ކަމަށެވެ. އަލޮންސޯގެ ކޯޗުކަމުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ރެއާލް ވަނީ އެއްވަރުވެފަ އެވެ. މިކަން ގަބޫލުކޮށް އޭނާ ބުނީ އެތްލެޓިކް ކުލަބާ ދެކޮޅަށް ނަތީޖާ އަނބުރާލަން މަސައްކަތް ކުރާނެ ކަމަށެވެ. “މި ސީޒަނުގައި އަހަރުމެންނަށް އިދިކޮޅު ޓީމުގެ ދަނޑުގައި ނަތީޖާ ހޯދުން މިވަނީ އުނދަގޫވެފައި. މިއީ އެކަން ބަދަލު ކުރަން ލިބޭ ޗާންސެއް،” އަލޮންސޯ ބުންޏެވެ. އޭނާ މިހެން ބުނެފައިވާއިރު ސީނިއާ ބައެއް ކުޅުންތެރިންނާ އަލޮންސޯއާ ވަނީ މައްސަލަ ޖެހިފަ އެވެ. އަދި އޭނާ މަގާމުން ވަކިކޮށްފިނަމަ މި ސީޒަނުގެ ނިޔަލަށް ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ޒައިނުއްދީން ޒިދާނާ ޓީމު ހަވާލު ކުރަން ރެއާލްއިން ވިސްނާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި ރެއާލްގެ ގިނަ ކުޅުންތެރިންގެ ނަޒަރުގައި ޒިދާނަކީ ކުޅުންތެރިންގެ މެދުގައި މަގުބޫލު ކޯޗެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
