
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޢަމުރަށް ޔަހޫދީ ސިފައިން އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާތަކެއް ދީފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދިޔައީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމުގެ މަޤްޞަދުގައި ދެ އަހަރު ވަންދެން ލާއިންސާނީ ޙަމަލާތައް ދެމުންނެވެ. ނަމަވެސް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙާމާސްއާ ދެމެދު މި އަހަރުގެ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، ޖެހިގެން އައި ދުވަހު އެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެވެ.
މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ޙަމަލާތައް ދީފައެވެ. އެއްބަސްވުމާ ޚިލާފަށް ޔަހޫދީން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި 26 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި މެދުތެރޭ ޣައްޒާގައި ހުންނަ ބުރީޖު ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކުން ފަސް މީހުންނާއި ޣައްޒާ ސިޓީގެ ޞަބްރާ އަވަށުން ޝަހީދުވި ހަތަރު މީހުންނާއި ޚާން ޔޫނިސްގައި ދަތުރުކުރަމުންދިޔަ ކާރެއްގައި ތިބި ފަސް މީހުން ހިމެނެއެވެ. ސީދާ ނަތަންޔާހޫގެ ޢަމުރަށް އަންގާރަ ދުވަހު ދޭން ފެށި ޙަމަލާތައް ބުދަ ދުވަހުގެ ފަތިހުގެ ވަގުތުތަކާ ހަމައަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ކުރިއަށް ގެންގޮސްފައިވެއެވެ.
ޔަހޫދީންނާއި ޙަމާސްއާ ދެ ފަރާތުން ވެސް ދަނީ ދެ ބައި މީހުން ވެސް އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެ އެއްބަސްވުން ދަމަހައްޓަން ބޭނުންވާ ކަމަށާއި އެއްބަސްވުމާ ޚިލާފު ނުވާ ކަމަށް ޙަމާސުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެއާ ޚިލާފަށް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ޙަމަލާތައް ދީފައެފެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
