
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކެމަރޫންގެ ރައީސް ޕޯލް ބިޔާ އަނެއްކާ ވެސް ވެރިކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގެންފިއެވެ. އަށްވަނަ ދައުރަކަށް ހޮވަވަޑައިގެންފައިވާ އުމުރުން 92 އަހަރުގެ ބިޔާއަކީ މިހާރު ވެސް ދުނިޔޭގެ ރައީސުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅެވެ. ކެމަރޫންގެ ރައީސްގެ މަޤާމަށް ބިޔާ އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންފައި ވަނީ 1982ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ވެރިކަމުގައި ދެމިހުންނެވީ އޭނާއެވެ. އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓު، އިއްސާ ޝިރޯމާ ބަކަރީއާ ވާދަކުރައްވައި ބިޔާ ވަނީ 53.66 އިންސައްތައިގެ އަޣުލަބިއްޔަތެއް ހޯއްދަވައިފައެވެ. ރަނގަޅު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް ބެލެވިފައި އޮތް ޝިރޯމާއަށް ލިބިވަޑައިގެންފައި ވަނީ ވޯޓުގެ 35.10 އިންސައްތައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ބިޔާގެ ސަރުކާރުން ވަނީ ވޯޓު އޮޅުވާލައިފައެވެ. ނަަމެވެސް ސަރުކާރުން އެ ތުހުމަތު ދޮގުކުރެއެވެ.
އިންތިޚާބުގެ ނަތީޖާއާ މެދު އާންމުން ނުރުހުންވެ އާންމުންނާއި ކެމަރޫންގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ. މުޒާހަރާގެ ބައިވެރިން ދަނީ ދަނޑިބުރިއާއި ގައު ބޭނުންކޮށް މަގުތަކުގައި ޙަރަކާތްތެރިވެ، މަގުތައް ބަންދުކުރަމުންނެވެ. މުޒާހަރާ ރޫޅާއިލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ. ހަމަނުޖެހުންތަކުގައި ހަތަރު މީހުންެގެ ފުރާނަ ގެއްލިފައިވެއެވެ. އިތުރު ދައުރަކަށް އިންތިޚާބުވުމާ ގުޅިގެން، ބިޔާގެ އުމުރުން 100 އަހަރު ފުރުމާ ގާތްވަންދެން އޭނާއަށް ވެރިކަމުގައި ދެމިހުންނެވޭނެއެވެ. އިންތިޚާބާ ގުޅޭގޮތުން އޭނާ ވިދާޅުވީ ނަތީޖާއިން ފެނިގެންދަނީ ޤައުމުގެ ކަންކަމުގައި އިސްނަގައި ޤައުމު ހިންގުމަށް އޭނާއަށް ރައްޔިތުން އިތުބާރުކުރާ މިންވަރު ކަމަށެވެ. އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ޤައުމުގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކާމެދު ހިތާމަކުރައްވައި ކަމަށް ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
