
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް ދެކުނު ޗައިނާ ކަނޑަށް ވެއްޓިއްޖެއެވެ. މި ދެ އަސްކަރީ އުޅަނދު ވެއްޓިފައި ވަނީ ތަފާތު ދެ ހާދިޘާއެއްގައެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ބުނީ ދެ އުޅަނދަކީ ވެސް އެއް އަސްކަރީ މަނަވަރަށް ނިސްބަތްވާ ދެ އުޅަނދު ކަމަށެވެ. އެއީ ޔޫއެސްއެސް ނިމިޓްޒެވެ. ފުރަތަމަ ވެއްޓިފައި ވަނީ ސީ ހޯކް އަސްކަރީ ހެލިކޮޕްޓަރެކެވެ. އެފްއޭ-18އެފް ސުޕަރ ހޯނެޓް މަރުކާގެ ފައިޓާ ޖެޓު ވެއްޓިފައި ވަނީ ހެލިކޮޕްޓަރު ވެއްޓުމުގެ ގަޑިއިރެއްހާއިރު ފަހުންނެވެ.
ހާދިޘާތައް ހިނގާފައި ވަނީ ދެކުނު ޗައިނާ ކަނޑުގެ ސީދާ ކޮން ސަރަޙައްދެއްގައި އެ މަނަވަރު ޙަރަކާތްތެރިވަމުން ދަނިކޮށް ކަމެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ. އުޅަނދުތައް ވެއްޓިފައި ވަނީ ދެކުނު ޗައިނާ ކަނޑުގައި އާންމުކޮށް ހިންގާ އަސްކަރީ ޙަރަކާތްތައް ކުރިއަށް ގެންދަނިކޮށް ކަމަށް އެ ޤައުމުގެ ކަނޑުގެ ސިފައިން ބުނެއެވެ. އެ ހާދިޘާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ. ދެ ހާދިޘާ ހިނގާފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިޔާއަށް ދަތުރުފުޅެއް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. ހާދިޘާތަކާ ގުޅޭގޮތުން އެއަރ ފޯސް ވަންގައި ހުންނަވައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ފަދަ ހާދިޘާތައް ހިނގުމަކީ އާދަޔާޚިލާފު ކަމެއް ކަމަށާއި، އެ ހާދިޘާތައް މެދުވެރިވީ ބޭނުންކުރެވުނު ތެލެއްގެ ގޮތުން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. އުޅަނދުތައް ވެއްޓެން މެދުވެރިވި ސަބަބު ވަރަށް އަވަހަށް ދެނެގަނެވޭނެ ކަމަށް ޤަބޫލުކުރައްވައި ކަމަށް ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
ދެ ހާދިޘާއާ ގުޅިގެން ޗައިނާއިން ވަނީ އެމެރިކާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
