
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހަތިޔާރު ބެހެއްޓުމަށް ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)ން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތުރުކީވިލާތުގެ ބިންތަކުން ފޭބުމުގެ މަސައްކަތް ފަށާފައިވާ ކަން ކުރުދީ ހަނގުރާމަވެރިންގެ ޖަމާޢަތުން ބުނެފިއެވެ. ތުރުކީވިލާތުގެ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރުދީ ހަނގުރާމަވެރިން ހަތިޔާރު ބެހެއްޓުމުން، ޕީކޭކޭއަށް އެ ޤައުމުގެ ސިޔާސީ މައިދާނުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ތުރުކީވިލާތުގެ ސަރުކާރުން އޮތީ ނިންމާފައެވެ. ކުރުދީ ދަރިކޮޅުގެ މީހުންނަށް މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމުގެ ނަމުގައި ޕީކޭކޭގެ ހަނގުރާމަވެރިން ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު ނަގާފައި ވަނީ 1984ވަނަ އަހަރުއެވެ. ހަތަރު ދަހަރަށް ފަހު އެ ޖަމާޢަތުން ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވެފައި ވަނީ، ޖަލުގައި ހުރި އެ ޖަމާޢަތުގެ ބާނީ އަދި ވެރިޔާ ޢަބްދުالله އޮޖަލާންގެ އެންގުމަށެވެ. ކުރުދީންނާއި ތުރުކީވިލާތުގެ އަސްކަރިއްޔާގެ ފައުޖުތަކުގެ މެދުގައި ބަދަލު ކޮށްފައިވާ ޙަމަލާތަކާއި، ޕީކޭކޭން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 40,000އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ތުރުކީވިލާތުގެ އިތުރުން އެމެރިކާއާއި ވިލާތުގެ އިއްތިޙާދުން ޤަބޫލު ކުރާ ގޮތުގައި ޕީކޭކޭއަކީ ނިރުބަވެރި ޖަމާޢަތެކެވެ. ހަތިޔާރު ބެހެއްޓުމަށް ނިންމައި، ތުރުކީވިލާތުގެ ސަރުކާރާ އެކު ޕީކޭކޭން އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ މޭ މަހުއެވެ. އަދި، ޖުލައި މަހުގެ ތެރޭގައި އެ ޖަމާޢަތުން ވަނީ ބައެއް ހަތިޔާރުތައް ނައްތައިލާފައެވެ. މި ވަގުތު ޕީކޭކޭގެ ހަނގުރާމަވެރިން ހަރަކާތްތެރިވަމުން ދަނީ ޢިރާޤުގެ އިރުމަތީގައި އޮތް ޤަންދީލް ފަރުބަދައިގެ ސަރަޙައްދުތަކުގައެވެ. ހަތިޔާރު ބަހައްޓައި، ތުރުކީވިލާތުން ފޭބުމަށް ނިންމާފައިވާ ކަން ޕީކޭކޭން އިޢުލާނު ކޮށްފައި ވަނީ އެ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ، ޑިމޮކުރަސީގެ ހަމަތަކުގެ ދަށުން މިނިވަން އަދި ކުރިމަގުގައި އަޚުވަންތަ ކަމުގައި ދިރިއުޅުމައި ބޭނުމުގައި ނިންމާފައިވާ ނިންމުމެއް ކަމުގައި ޕީކޭކޭން އިޢުލާނު ކުރިއެވެ.
މިއީ، ޕީކޭކޭގެ ބާނީ އޮޖަލާންގެ ސުލްޙައިގެ މަގުޗާޓު ތަންފީޒު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ. ހަތިޔާރު ބަހައްޓައި، ތުރުކީވިލާތުން ފޭބުމުގެ މަސައްކަތް ފަށާފައިވާ ކަން އިޢުލާނު ކުރުމަށް ފަހު، ޕީކޭކޭން ވަނީ އެ ޤައުމުގެ ސިޔާސީ މައިދާނުގައި ބައިވެރިވުމުގެ ފުރުޞަތު އެ ޖަމާޢަތަށް ފަހިކޮށްދިނުމަށް ތުރުކީވިލާތުގެ ސަރުކާރުން ގޮވައިލާފައެވެ. އަދި، އެ ކަމާ ގުޅޭ ޤާނޫނުތައް އެކުލަވައިލުމުގެ މަސައްކަތް ފެށުމަށް އެދިފައެވެ. ތުރުކީވިލާތުން ޕީކޭކެގެ ހަނގުރާމަވެރިން ފައިބަން ފަށާފައިވާ ކަން އިޢުލާނު ކުރުމާ އެކު، ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ސަރުކާރުން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އުރްދުޣާންގެ ތަރުޖަމާނު ބުރްހާނިއްތިން ދުރާން ވިދާޅުވީ، އުރްދުޣާންގެ ސަރުކާރުގެ އޮތީ އެންމެ އަމާޒެއް ކަމަށާއި، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމުކޮށް، ހަމަޖެހުމާއި ރައްކާތެރިކަން ދެމެހެއްޓުން ކަމުގައެވެ.
ތުރުކީވިލާތުގެ އަސްކަރިއްޔާއިން ވަނީ، އެ ޤައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ޕީކޭކޭގެ ޖަމާޢަތުގެ ހަނގުރާމަވެރިން ފަހަތަށް ޖައްސާފައެވެ. ޕީކޭކޭގެ ހަނގުރާމަވެރިން މިހާރު ޤާއިމުވެފައި ތިބީ ޢިރާޤުގެ އުތުރުގެ ސަރަޙައްދުތަކުގައެވެ. ތުރުކީވިލާތުގެ އަސްކަރިއްޔާއިން ދިޔައީ، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޕީކޭކޭގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވެސް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދެމުންނެވެ. ތުރުކީވިލާތުގެ ސަރުކާރުން ބުނީ، ވަކިވެގަނެ، ކުރުދީންގެ ވަކި ދައުލަތެއް އުފެއްދުމުގެ ފުރުޞަތު ނުދޭނެ ކަމުގައެވެ. ނަމަވެސް، އެ ޤައުމުގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ޕީކޭކޭއާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް އުރްދުޣާންގެ ސަރުކާރުން ނިންމާފައިވުމާ އެކު، އެ ސަރަޙައްދުގެ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މި ގޮތުން، ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ ޖަމާޢަތް، ސީރިޔަން ޑިމޮކްރެޓިކް ފޯސަސްއަކީ އެމެރިކާއިން ވާގިވެރިވާ ޖަމާޢަތެކެވެ. އެމެރިކާއާއި ތުރުކީވިލާތަކީ ހުޅަނގުގެ ދިފާޢި އިއްތިޙާދު (ނޭޓޯ)ގެ މެންބަރުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
