
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނިއުކްލިޔަރ ހަކަތަ ބޭނުންކޮށްގެން ދަތުރު ކުރުމުގެ ޤާބިލުކަން ލިބިފައިވާ ބާރުގަދަ ކްރޫޒް މިސައިލެއް ރަޝިޔާއިން ތަޖުރިބާ ކޮށްފިއެވެ. އެ ޤައުމުން އަޖުމަ ބަލާފައި ވަނީ 9އެމް730 ބުރީވިޔެސްޓްނިކް މަރުކާގެ މިސައިލެއްގެއެވެ. މިއީ، ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ވެސް ލިބިފައިވާ، އަދި ކޮންމެ ޤައުމެއްގެ ދިފާޢުތައް ފޫއަޅުވައިލުމުގެ ޤާބިލުކަން ލިބިފައިވާ ނުރައްކާތެރި ހަތިޔާރެއް ކަމުގައި މޮސްކޯއިން ސިފަކުރިއެވެ. ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވީ އެ ޤައުމުގެ އަސްކަރީ ޤާބިލުކަމަށް މި މަރުކާގެ މިސައިލް އިތުރު ކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމުގައެެވެ. އައު މިސައިލް ތަޖުރިބާ ކުރުމާ އެކުގައި ރަޝިޔާއިން ވަނީ ނިއުކްލިޔަރ ހަތިޔާރު ބޭނުން ކޮށްގެން ދުޝްމަނު ޤައުމަކުން ޙަމަަލާ ދީފާނެ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގެ ތައްޔާރީ ހާލަތު ވަޒަން ކުރުމަށާއި، އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ތަމްރީނުތަކެއް ވެސް ބާއްވާފައެވެ. ނިއުކްލިޔަރ ހަކަތައިގެ ބާރުގައި ދަތުރު ކުރުމުގެ ޤާބިލުކަން ލިބިފައިވާ އައު މިސައިލެއް ޓެސްޓު ކުރުމަކީ ހުޅަނގަށް ދީފައިވާ ވަރުގަދަ މެސެޖެއްގެ ގޮތުގައި ވެސް ޕުޓިން ސިފަ ކުރެއްވިއެވެ. އަދި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިޔާއަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކަށް އެ ޤައުމުން ބޯނުލަނބާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ބާރު އަޅުއްވަމުންނެވެ. މި ގޮތުން، މަޝްވަރާގެ ދަށުން ޙަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ވަނީ ޚާރިޖީ ގޮތުން ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އޮގަސްޓު މަހު އޭނާ ޕުޓިންއާ ބައްދަލު ކުރެއްވިއެވެ. އަދި، ހަނގުރާމަ ހުއްޓައިލުމަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން ޓްރަމްޕް ވަނީ ހުސްވި ހަފުތާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅުއްވާފައެވެ. ރަޝިޔާއިން އަޖުމަ ބަލާފައިވާ ބުރީވިޔެސްޓްނިކް މަރުކާގެ ކްރޫޒް މިސައިލާ ގުޅޭ މަޢުލޫމާތު އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ޖެނެރަލް ވަލޭރީ ގިރާސިމޮފް ވަނީ ޕުޓިންއާ ހިއްސާ ކުރައްވާފައެވެ. ގިރާސިމޮފް ވިދާޅުވީ އައު މިސައިލް 14,000 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރު ކޮށްފައިވާ ކަމުގައެވެ. އަދި، 15 ގަޑިއިރަށްވުރެ ގިނަ ވަގުތު ވައިގެ ތެރޭގައި ދަތުރު ކޮށްފައިވާ ކަމުގައެވެ. މޮސްކޯއިން އައު މިސައިލްގެ އަޖުމަ ބަލާފައި ވަނީ އޮކްޓޫބަރު 21ވަނަ ދުވަހުއެވެ.
ރަޝިޔާގެ އައު މިސައިލަށް ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އިން ދީފައިވާ ނަމަކީ އެސްއެސްސީ-އެކްސް-9 ސްކައިފޯލެވެ. ރަޝިޔާއިން ބުނީ، މިއީ ދުނިޔޭގެ ކޮންމެ ޤައުމެއްގެ ދިފާޢީ ނިޒާމުތައް ފޫއަޅުވައިލުމުގެ ޤާބިލުކަން ލިބިފައިވާ ބާރުގަދަ މިސައިލެއް ކަމުގައެވެ. އަދި، މިއީ އެތަކެއް ގަޑިއިރަކު އުދުހުމުގެ ޤާބިލުކަން ވެސް ލިބިފައިވާ މިސައިލެއް ކަމުގައި ކްރެމްލިނުން ބުންޏެވެ. “މިއީ، ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ނެތް ފަދަ ތަފާތު ހަތިޔާރެއް،” ކްރެމްލިންގައި އަސްކަރިއްޔާގެ އިސް ޖެނެރަލުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ. ބުރީވިޔެސްޓްނިކް މަރުކާގެ އައު ކްރޫޒް މިސައިލެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަން ރަޝިޔާއިން ފުރަތަމަ އިޢުލާނު ކޮށްފައި ވަނީ 2018ވަނަ އަހަރުއެވެ.
މިއީ، އެމެރިކާއިން މިިހާރު ބިނާކުރަމުުންދާ އައު ވައިގެ ދިފާޢީ ނިޒާމަށް ރައްދު ދެވޭނެ ފަދަ ހަތިޔާރެއްގެ ގޮތުގައި މޮސްކޯއިން ސިފަ ކުރެއެވެ. އައު ވައިގެ ދިފާޢީ ނިޒާމެއް ޤާއިމު ކުރުމުގެ މަަސައްކަތް ވޮޝިންގްޓަނުން ފަށާފައި ވަނީ ޓްރަމްޕްގެ އަމުރަށެވެ. 1972ވަނަ އަހަރު ރަޝިޔާއާއި ކުރީގެ ރޫސީ ވިލާތާ ދެމެދު، ބެލިސްޓިކް މިސައިލް އުފައްދައި އިތުރު ކުރުން ކޮންޓުރޯލު ކުރުމަށް މުޢާހަދާއެއްގައި ސޮއިކޮށް، އަމަލު ކުރަމުން ދިޔަ ނަމަވެސް، 2001ވަނަ އަހަރު އެމެރިކާއިން ވަނީ އެ މުޢާހަދާއިން ވަކިވެފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
