
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހުޅަނގުގެ ބާރުތަކުން ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލާއި ފައިސާ ފޭރިގަނެ، ޔޫކްރެއިނަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ. ހުޅަނގާއި ވިލާތުގެ ބާރުތަކުން މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވަނީ ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އިއްތިޙާދުގެ މެންބަރުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބޭއްވި މިސަޓެއްގައެވެ. އެ ސަމިޓުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ، ހުޅަނގުގެ ބާރުތަކުން ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލާއި ފައިސާ ބޭނުން ކޮށްގެން ޔޫކްރެއިނަށް ލޯނެއް ދޫކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ އިންތިޒާމު ކުރައްވައިގެން ބޭއްވި ސަމިޓުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލާއި ފައިސާ ފޭރިގަތުމުގެ އިތުރުން ރަޝިޔާގެ ތެލާއި ގޭހުގެ ވިޔަފާރިއަށް ހުަރަސް އެޅުމާއި، ޔޫކްރެއިނަށް ދުރު-ރާސްތާގެ ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް ލަންޑަން ސަމިޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެއެވެ.
ޒެލެންސްކީ ބޭނުންފުޅު ވަނީ ރަޝިޔާގެ އިތުރު އަމާޒުތަކަށް ޙަމަލާ ދިނުމުގައި ބޭނުން ކުރެވޭނެ ދުރު-ރާސްތާ ހަތިޔާރު ހޯއްދެވުމަށެވެ. މި ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކުރާ ޓޮމަހޯކް މަރުކާގެ ކްރޫޒް މިސައިލް ފޯރުކޮށްދެއްވުމަށް އޭނާ ދާދިފަހުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. ނަމަވެސް، ޓްރަމްޕް އެ ކަމަށް އެއްބަސްވެ ވަޑައިގަންނަވާފައެއް ނުވެއެވެ. ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ ވިދާޅުވީ، ޓޮމަހޯކް މަރުކާގެ ކްރޫޒް މިސައިލް ޔޫކްރެއިނަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އޭނާ ވެސް ޓްރަމްޕާ މަޝްވަރާ ކުރައްވާފައިވާނެ ކަމުގައެވެ. އަދި، އެ ކަމާ ގުޅޭ ގޮތުން ޓްރަމްޕް އަދިވެސް ވަސްނަވަމުން ގެންދަވާ ކަމުގައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއަށް ބާރުއެޅުމުގެ ގޮތުން، ތެލާއި ގޭހުގެ ވިޔަފާރި ކުރާ ރަޝިޔާގެ އެންމެ ބޮޑު ދެ ކުންފުންޏާ ދެކޮޅަށް ދާދި ފަހުން ޓްރަމްޕް ވަނީ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި، ވިލާތުގެ ޤައުމުތަކުން ވެސް ރަޝިޔާއާ ދެކޮޅަށް އެ ފަދަ ފިޔަވުތަކެއް އަޅައި، ރަޝިޔާއަށް އިތުރު ފިއްތުންތައް ކުރިމަތި ކުރުމަށް ނެދަރލެންޑްސްގެ ބޮޑުވަޒީރު ވެސް ވަނީ ގޮވައިލައްވާފައެވެ. ރަޝިޔާގެ މުދަލާއި ފައިސާ ފޭރިގަނެ، ޔޫކްރެއިނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ފައިސާ ބޭނުން ކުރުމަށް އެންމެ ހަރުއަޑުން ވަކާލާތު ކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރއެވެ. އަދި، ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމަށް ރަޝިޔާގެ މުދަލާއި ފައިސާ ޚަރަދު ކުރުމަށް ޒެލެންސްކީ ވަނީ އެދިވަޑައިގަންނަވާފައެވެ. ނަމަވެސް، ލަންޑަން ސަމިޓުގައި އެ ކަމާ ގުޅޭ ގޮތުން ވަކި ގޮތަކަށް ނިންމުމެއް ނިންމާފައެއް ނެތެވެ. ޑިސެންބަރު މަސް ނިމުމުގެ ކުރިން މި ކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޑެންމާކުގެ ބޮޑުވަޒީރު ވަނީ ގޮވައިލައްވާފައެވެ.
ތެލާއި ގޭހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ރަޝިޔާގެ މައި ދެ ކުންފުންޏާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޓްރަމްޕް ނިންމެވުމުން ޒެލެންސްކީ ވަނީ އެ ނިންމެވުމަށް މަރުޙަބާ ދަންނަވާފައެވެ. މީގެ އިތުރުން، ޕުޓިންއާ އެކު ބޭއްވެވުމަށް ތާވަލު ކޮށްފައި އޮތް މުހިންމު ބައްދަލުވުމެއް ވެސް ޓްރަމްޕް ވަނީ މުއްދަތެއް ނެތް ގޮތުގައި ފަސް ކުރައްވާފައެވެ. ނަމަވެސް، ޒެލެންސްކީ އެދިވަޑައިގެންނެވި ގޮތަށް ޔޫކްރެއިނަށް ޓޮމަހޯކް މަރުކާގެ ކްރޫޒް މިސައިލް ފޯރުކޮށްދެއްވުމަށް ތައްޔާރު ނޫން ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. ރަޝިޔާގެ މުދަލާއި ފައިސާ ފޭރިގަނެ، ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ތަކެތި ބޭނުން ކުރުމާ ދެކޮޅަށް މޮސްކޯން ވަނީ އިންޒާރު ދީފައެވެ. ކްރެމްލިނުން ބުނީ، ހުޅަނގުން އެ މޭރުމުން އަމަލު ކޮށްފި ނަމަ، އެ ޤައުމުތަކަށް ވަރަށް “ތަދުބޮޑު ރައްދަކާ” ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އަދި، ރަޝިޔާގެ ތެލާއި ގޭސް އުފައްދާ ކުންފުނިތަކާ ދެކޮޅަށް އެމެެރިކާއިން ފިޔަވަޅުތަކެއް އެޅި ނަމަވެސް، ރަޝިޔާގެ އިޤުތިޞާދަށް އެ ކަމުގެ ނޭދެވޭ އަސަރު ނުކުުރާނެ ކަމުގައި ކްރެމްލިނުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
