
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި އަމަން ޤާއިމު ކުރުމުގެ ޒިންމާތަކާ ޙަވާލު ކުރުމަށް އެމެރިކާއިން އިސްނަގައިގެން އެކުލަވައިލުމަށް ތައްޔާރު ކުރަމުންދާ ބޭރު ޤައުމުތަކުގެ ސަލާމަތީ ފައުޖު ބިނާވެފައި އޮންނާނީ ޔަހޫދީން ރުހޭ ބަޔެއްގެ މައްޗަށް ކަމުގައި އެމެރިކާއިން ބުނެފިއެވެ. ޣައްޒާއަށް ބޭރުގެ ސަލާމަތީ ފައުޖެއް ފޮނުވުމަށް އެމެރިކާއިން ނިންމާފައި ވަނީ، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމެއްގެ ދަށުންނެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު މެދުކަނޑައިލާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމާސުން ވަނީ، އެ ޖަމާޢަތުގެ ބެލުމުގައި ދަށުގައި ތިބި އަސީރުންގެ ތެރެއިން ދިރިތިބި އެންމެން މިނިވަން ކޮށްފައެވެ. އަދި، ޔަހޫދީންގެ ޙަމަލާތަކުގައި މަރުވެފައިވާ އަސީރުންގެ ހަށިތައް ޙަވާލު ކުރުމުގެ މަސައްކަތް ފަށާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން އެކުލަވައިލާފައިވާ އެއްބަސްވުމާ އެއްގޮތަށް ޙަމާސުން އަމަލު ކުރަމުން ދިޔަ ނަމަވެސް ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފުވެ، ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. މި ގޮތުން، އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ޔަހޫދީން ދީފައިވާ ޙަމަލާތަކުގައި 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ބުނެއެވެ. އެ އެއްބަސްވުމުގެ ދަށުން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއާއި ޔަހޫދީން ދަނީ ޙަމާސަށް ބާރު އަޅަމުންނެވެ. އަދި، ޣައްޒާގައި އަމަން ބެލެހެއްޓުމުގެ ޒިންމާތަކާ ޙަވާލުވުމަށް ބޭރު ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ ފައުޖުތަކުގެ މައްޗަށް އެކުލެވިގެންވާ ގުޅިފައިވާ ލަޝްކަރެއް ޣައްޒާއަށް ފޮނުވުމާ ގުޅޭ ގޮތުން އެމެރިކާއިން ދަނީ މަޝްވަރާ ކުރަމުންނެވެ.
މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، އެ ފައުޖު އެކުލެވިގެންވާނީ ޔަހޫދީން ރުހޭ، އަދި ބޭނުންވާ ބަޔެއްގެ މައްޗަށް ކަމުގައެވެ. އަދި، ޔަހޫދީން ގަޔާވާ ބަޔެއްގެ މައްޗަށް ކަމުގައެވެ. ރޫބިޔޯ ވިދާޅުވީ، ޣައްޒާގެ ވެރިކަމުން ޙަމާސް ދުރު ކުރުމަށް ފަހު އެ ސަހަރުގެ އިދާރީ ހިންގުމާއި ވެރިކަން ބައްޓަން ކުރާނެ ގޮތަކާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރަން ޖެހިފައިވާ ކަމުގައެވެ. އަދި، ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ) ޙަމާސްގެ އިދާރީ ހިންގުމުގައި ބައިވެރި ކުރުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި ވަނީ 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވެފައިވާ މީހުންނެވެ. އަދި، ޣައްޒާގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ލަފާކުރެއެވެ. ޣައްޒާ ޢުދުވާނުގައި އިތުރު 158,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
