
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮތް ޒައިތޫނި ދަނޑުތަކާއި އެ ސަރަޙައްދުގައި ދިރިއުޅޭ ދަނޑުވެރިންނާއި ޢާންމުންނަށް އަމާޒުކޮށް ހައްދުފަހަނަ އެޅި ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރުކޮށް ފުޅާކޮށްފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)އާއި ފަލަސްޠީނުގެ އިދާރާތަކުން ހާމަކޮށްފިއެވެ. މިއާއެކު، އެ ސަރަޙައްދުގެ ދަނޑުވެރިންނާއި ޢާންމުން ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި ހުޅަނގު އައްސޭރީގެ ޒައިތޫނު މޫސުން ފެށުމާ އެކު، ދަނޑުވެރިން ވަނީ ޒައިތޫނި ކެނޑުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، އެ ކަމާ ދިމާކޮށް ހައްދުފަހަނަ އެޅި ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތައް ވެސް މި ވަނީ އިތުރު ކޮށްފައެވެ. ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ޚާއްޞަ ކޮމިޝަނަކުން ބުނީ، ޒައިތޫނި މޫސުން ފެށުނު ފަހުން ހައްދުފަހަނަ އެޅި ޔަހޫދީން ތަފާތު 158 ޙަމަލާއެއް ދީފައިވާ ކަމުގައެވެ. އެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޒައިތޫނި ދަނޑުތަކާއި ދަނޑުވެރިންނަށެވެ.
ފަލަސްޠީނުގެ ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުގެ ވެރިޔާ އަޖިތު ސުންގެއި ވިދާޅުވީ ހުސްވި އަހަރުގެ ޒައިތޫނި މޫސުމާ އަޅައިބަލާއިރު، މި އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހައްދުފަހަނަ އެޅި ޔަހޫދީން ދީފައިވާ ޙަމަލާތަކުގެ އަދަދު %13 އިތުރުވެފައިވާ ކަމުގައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފެށި ފަހުން، ހުޅަނގު އައްސޭރީގެ ޒައިތޫނި ދަނޑުތަކާއި ދަނޑުވެރިންނަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ޙަމަލާތައް އިތުރު ކޮށްފައިވާ ކަމުގައި އެ ސަރަޙައްދުގެ ރައްޔިތުން ބުންޏެވެ. ސުންގެއި ވިދާޅުވީ، ފަލަސްޠީނުގެ ދަނޑުވެރިންގެ ޒައިތޫނި ދަނޑުތަކަށް އަރައި ހައްދުފަހަނަ އެޅި ޔަހޫދީން ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމުގައެވެ. މި ގޮތުން، ދަނޑުތަކުގައި ހުޅުޖެހުމާއި، ޒައިތޫނި ގަސްތައް ކެނޑުމާއި، ދަނޑުވެރިންގެ ގެދޮރާއި ދަނޑުވެރިކަމުގައި ބޭނުން ކުރާ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
“[ހުޅަނގު އައްސޭރި ކައިރީގައި] ޔަހޫދީން އާބާދު ކޮށްފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ހައްދުފަހަނަ އެޅި ޔަހޫދީން ދެމުންދާ ޙަމަލާތަކުގެ އަދަދާއި ނުރައްކާތެރިކަން ވަނީ އިންތިހާއަށް އިތުރުވެފައި، އެ މީހުން އެ ކަން ކުރަނީ ޔަހޫދީ ސިފައިންގެ ޙިމާޔަތާއި، ރައްކާތެރިކަމާއި، އަދި ބައެއް ފަހަރު ބައިވެރިވުމާ ވެސް އެކު، އަދި އެއިން މީހަކާ ދެކޮޅަށް އެއްވެސް ފަހަރަކު ފިޔަވަޅު އަޅާފައެއް ނެތް،” ސުންގެއި ވިދާޅުވިއެވެ. ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ 2.7 މިލިޔަނެއްހާ ރައްޔިތުން ދިރިއުޅެއެވެ. ނަމަވެސް، ޔަހޫދީ ސަރުކާރުން ދަނީ އެ ސަރަޙައްދުގެ އިތުރު ބިންތައް ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުވަމުންނެވެ. އެއީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ޖަރީމާއެކެވެ. ޒައިތޫނި ދަނޑުވެރިކަމަކީ ހުޅަނގު އައްސޭރީގެ އިޤުތިޞާދާ ގުޅިފައިވާ މުހިންމު ސިނާއަތެކެވެ. ޕީއޭން ބުނީ، ހުޅަނގު އައްސޭރީގެ އުފެއްދުންތެރިކަމުގެ %8 ހިއްސާ ކުރަނީ ޒައިތޫނި ދަނޑުވެރިކަން ކަމުގައެވެ. އެ ސިނާއަތުގައި 60,000އެއްހާ ދަނޑުވެރިން ވަޒީފާ އަދާކުރަމުންދާ ކަމުގައި ވެސް ޕީއޭގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.
ޔަހޫދީ ސިފައިން ވެސް ދަނީ އެ ސަރަޙައްދުގެ ޒައިތޫނި ދަނޑުތަކަށް ގެއްލުންދީ، ޒައިތޫނި ގަސްތައް ކަނޑަމުންނެވެ. ޔަހޫދީ ފައުޖުން ބުނީ، ޔަހޫދީން އާބާދު ކޮށްފައިވާ ސަރަޙައްދެއް ކައިރީގައި އޮތް ޒައިތޫނި ދަނޑުތަކުން 3,000އަށްވުރެ ގިނަ ގަސް ކަނޑައިލާފައިވާނެ ކަމުގައެވެ. އެއީ، އެ ސަރަޙައްދުގައި ދިރިއުޅޭ ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން އަޅާފައިވާ ދިފާޢީ ފިޔަވަޅެއް ކަމުގައި ވެސް ޔަހޫދީ ސިފައިން ބުންޏެވެ. ޕީއޭގެ ޚާއްޞަ ކޮމިޝަނަކުން ބުނީ، 2024ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މިހާތަނަށް 15,000އަށްވުރެ ގިނަ ޒައިތޫނި ގަސް ކަނޑައި، ދަނޑުތަކަށް ޔަހޫދީން ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
