
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި ބޭނުން ކޮށްފައިވާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކުގެ ތެރެއިން ނުގޮވައި ހުރި ބާރުގަދަ ބޮންތައް ނަގައި، ޣައްޒާ ސާފު ކުރުމަށް 20އާއި 30 އަހަރާ ދެމެދުގެ ދިގު މުއްދަތަކެއް ހޭދަވާނެ ކަމުގައި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާއަކުން ހާމަކޮށްފިއެވެ. ހިޔުމެނިޓީ އެންޑް އިންކްލޫޝަން ޖަމުޢިއްޔާއިން ބުނީ، ޣައްޒާ ޢުދުވާނުގައި ބޭނުން ކޮށްފައިވާ ފަނާކުރަނިވި ހަތިޔާރުތަކާ އެކު، އެ ސަހަރަކީ މައިން (ބިމުގައި ވަޅުލާ ނުރައްކާތެރި ބޮމެއް) އަޅައި ފުރާފައިވާ ނުރައްކާތެރި ބިމަކަށް ބަދަލުކޮށްލާފައިވާ ކަމުގައެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އޮކްޓޫބަރު 9ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެ ޢުދުވާނުގައި ބޭނުން ކޮށްފައިވާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކާ ގުޅޭ ގޮތުން އެކުވެރި ދައުލަތްތައް (އދ)ން ވެސް ދަނީ ދިރާސާއެއް ކުރަމުންނެވެ. އދގެ ތަފާސްހިސާބުތަކުން ހާމަވި ގޮތުގައި، ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލި ފަހުން ވެސް، ނުގޮވައި ހުރި ބޮންތައް ގޮވައިގެން 53 މީހުން ވަނީ ޝަހީދުވެފައެވެ. އަދި، އެތަކެއް ސަތޭކަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. އެހީދޭ ޖަމުޢިއްޔާތަކުން ބުނީ، ޣައްޒާގެ އަސްލު ޙާލަތު މިއަށްވުރެ ނުރައްކާތެރިވާނެ ކަމަށާއި، މި ފަދަ ހާދިސާތަކުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 53އަށްވުރެ އިތުރުވާނެ ކަމުގައެވެ.
“[ނޮގުވައި ހުރި ބޮންތައް ނަގައި] މުޅި ތަން ސާފު ކުރުމަށް ބަލައިލާ ނަމަ، އެ ކަން ދުވަހަކު ވެސް ކޮށް ނުނިމޭނެ، ސަބަބަކީ ޣައްޒާއަކީ އެއްހަމަ ބިމެއް ނޫން. އެތަކެއް ޖީލެއް ފާއިތުވަންދެން އިތުރު ބޮންތައް ފެންނަމުން ދާނެ،” ހިޔުމެނިޓީ އެންޑް އިންކްލޫޝަން ޖަމުޢިއްޔާގައި މަސައްކަތް ކުރައްވާ ހަތިޔާރު ނައްތައިލުމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ނިކް އޯރ ވިދާޅުވިއެވެ. ޣައްޒާގެ ބިން އޭނާ ސިފަ ކުރައްވާފައި ވަނީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގެ ޤައުމުތައް އޮތް ހާލަތާއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީން ވަނީ އެ ސަހަރުގައި ދިރިއުޅޭ ރައްޔިތުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކުގެ ބޮޑު އިންސައްތައެއް ސުންފާނަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިކަމުގެ ދަށުން ޣައްޒާ ޢުދުވާން މެދުކަނޑައިލުމާ އެކު، ޣައްޒާގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ އެތަކެއް މިލިޔަން ޓަނެއްގެ ކޮންކުރީޓާއި ގައުކުނޑި ސާފު ކުރުމުގެ އުންމީދު ވަނީ އައުވެފައެވެ.
ޣައްޒާ ޢުދުވާނުގެ ތެރެއިން އޯރ ވަނީ އެތަކެއް ފަހަރަކު އެ ސަހަރަށް ދަތުރު ކުރައްވާފައެވެ. އޭނާއާއި ހިޔުމެނިޓީ އެންޑް އިންކްލޫޝަން ޖަމުޢިއްޔާގެ ޓީމުން ކުރިއަށް އޮތް ހަފުތާގައި ވެސް ޣައްޒާއަށް ދަތުރު ކުރާނެއެވެ. އެ މީހުންގެ އަމާޒަކީ، ޣައްޒާގެ ހަސްފަތާލުތަކާއި ޕާންފިހާ ބޭކަރީ ފަދަ ތަންތަނަށް ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ ހަތިޔާރުތަކުގެ ތެރެއިން ނުގޮވައި ހުރި ބޮންތަކުގެ އަދަދާއި ހާލަތު ދެނެގަތުމެވެ. ނަމަވެސް، އެ ފަދަ ހަތިޔާރު ނަގައި، ނައްތައިލުމުގެ މަސައްކަތް ފެށުމުގެ ހުއްދަ، ޔަހޫދީން ދީފައެއް ނެތެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި ވަނީ 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވެފައިވާ މީހުންނެވެ. އަދި، ޣައްޒާގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ލަފާކުރެއެވެ. ޣައްޒާ ޢުދުވާނުގައި އިތުރު 158,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
