
އެމެރިކާއިން ރަޝިޔާގެ ތެޔޮ ބޭރުކުރާ އެންމެ ބޮޑު ދެ ކުންފުންޏާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް، ގޮތް ދޫކުރައްވަން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ދެކޮޅު ހައްދަވައިފިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓައިލުމަށް ބާރުއެޅުމުގެ ގޮތުން އެމެރިކާއިން ރަޝިޔާގެ ތެޔޮ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ %5ން އުފުލިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ރަޝިޔާގެ ތެޔޮ ބޭރު ކުރާ ކުންފުނިތަކަށް ވަނީ ގެއްލުންތަކެއް ކުރިމަތިވެފައެވެ. އެމެރިކާއިން ފިޔަވަޅު އަޅާފައި ވަނީ ރަޝިޔާގެ މައި ދެ ކުންފުނި ކަމުގައިވާ ރޮސްނިޔެފްތާއި ލޫކްއޮއިލާ ދެކޮޅަށެވެ. ދުނިޔޭގެ ބާޒާރަށް އުފައްދައި، ނެރޭ ތެލުގެ %5 ހިއްސާ ކުރަނީ އެ ދެ ކުންފުނިންނެވެ.
އެމެރިކާއިން ރޮސްނިޔެފްތާއި ލޫކްއޮއިލާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާ ގުޅިގެން ޗައިނާގެ ދައުލަތުގެ ތެޔޮ ކުންފުނިތަނުން ވަނީ ރަޝިޔާއިން ބޭރު ކުރާ ތެޔޮ ގަތުން ހުއްޓައިލާފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، މިއީ ކުރު-މުއްދަތުގެ ފިޔަވަޅެއް ކަމުގައެވެ. އިންޑިޔާގެ ތެޔޮ ސާފުކުރާ ކުންފުނިތަކުން ވެސް ވަނީ ރަޝިޔާގެ ރޮސްނިޔެފްތާއި ލޫކްއޮއިލުން ވިއްކާ ސާފުނުކުރާ ތެޔޮ ގަތުން މެދުކަނޑައިލާފައެވެ. ރަޝިޔާގެ ތެޔޮ ކުންފުނިތަކާ ދެކޮޅަށް ޓްރަމްޕް ފިޔަވަޅު އަޅުއްވާފައި މި ވަނީ، ޕުޓިންއާ އެކު ބޭއްވުމަށް ތާވަލުކޮށްފައި އޮތް މުހިންމު ބައްދަލުވުމެއް މުއްދަތެއް ނެތް ގޮތުގައި ފަސް ކުރެއްވުމަށް ފަހުއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޕުޓިންއާ އެކު މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ކަން ޓްރަމްޕް އިޢުލާނު ކުރައްވާފައި ވަނީ ހުސްވި ހަފުތާގައެވެ. ނަމަވެސް، އެ ބައްދަލުވުން ފަސް ކުރެއްވުމަށް ޓްރަމްޕް ނިންމެވީ، އޭނާ އެދިވަޑައިގަންނަވާފައިވާ ގޮތަށް އަމަލު ކުރައްވަން ޕުޓިން އިންކާރު ކުރެއްވުމާ ގުޅިގެންނެވެ.
ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ، މިހިނދުންމިހިނދަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށެވެ. އޭގެ ބަދަލުގައި، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ބިންތައް ރަޝިޔާގެ ބާރުގެ ދަށަށް ދޫކޮށްލުމަށް ޔޫކްރެއިނަށް ބާރު އަޅުއްވާނެ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ އެކު ހުސްވި ހަފުތާގައި ބޭއްވެވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އެ ކަމަށް ބާރު އަޅުއްވާފައެވެ. ނަމަވެސް، ޔޫކްރެއިންގެ ބިންތަކެއް ރަޝިޔާގެ އަތްމައްޗަށް ދޫކޮށްލުމަކީ ޒެލެންސްކީ އިންކާރު ކުރައްވާ ކަމެކެވެ. ޔޫކްރެއިންގެ އިރުމަތީގައި އޮތް ދޮންބާސްގެ %80އެއްހާ ބޮޑު ސަރަޙައްދެއް މިހާރު ވެސް އޮތީ ރަޝިޔާގެ ކޮންޓުރޯލުގެ ދަށުގައެވެ. ނަމަވެސް، ޕުޓިން ބޭނުންފުޅު ވަނީ މުޅި ދޮންބާސް ރަޝިޔާއަށް ދޫކޮށްލުމަށް ޔޫކްރެއިނުން އެއްބަސްކުރުވާށެވެ. ރަޝިޔާގެ ތެޔޮ ކުންފުނިތަކާ ދެކޮޅަށް ޓްރަމްޕް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައި މި ވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކްރެމްލިނަށް ބާރު އެޅުއްވުމުގެ ގޮތުންނެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޓްރަމްޕްގެ ފިޔަވަޅުތަކުގެ ސަބަބުން ދެމެހެއްޓެނިވި ގެއްލުންތަކެއް ރަޝިޔާއަށް ނުކުރާނެ ކަމުގައެވެ.
ރޮސްނިޔެފްތާއި ލޫކްއޮއިލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓްރަމްޕް ނިންމެވުމުން ޕުޓިން ވަނީ އެ ކަމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޓްރަމްޕްގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިޤުތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. އަދި، އެއީ ވަަރަށް ބީރައްޓެހި ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވައި، ޕުޓިން ވަނީ ދުނިޔޭގެ ބާޒާރަށް ރަޝިޔާގެ މުހިންމު ކަން ހަނދުމަ ކޮށްދެއްވާފައެވެ. ޕުޓިން ވިދާޅުވީ، ރަޝިޔާއިން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރު ދަށްވުމާ އެކު ބާޒާރުގައި ތެލުގެ އަގުތައް އުފުލިގެންދާނެ ކަމުގައެވެ. އަދި، އެ ކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެމެރިކާ ފަދަ ޤައުމުތަކަށް ކަމުގައެވެ. “މިއީ ރަޝިޔާއަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަން ޔަގީން. ނަަަމަވެސް، އަމިއްލަ ނަފުސަށް އިޙުތިރާމު ކުރާ ޤައުމަކުން، އަދި އަމިއްލަ ނަފުސަށް ބަޔަކު، މި ފަދަ ފިއްތުންތަކަށް ބޮލެއް ނުލަނބާނެ،” ޕުޓިން ވިދާޅުވިއެވެ.
ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ނިޔަތުގައި ޓްރަމްޕް ގެންދަވަނީ ޔޫކްރެއިނަށް ވެސް ފިއްތުންތައް ކުރިމަތި ކުރައްވަމުންނެވެ. ހުސްވި ހަފުތާގައި ޒެލެންސްކީ ވޮޝިންގްޓަނަށް ދަތުރު ކުރައްވާފައި ވަނީ އެންމެ ބޭނުމެއްގައެވެ. އެއީ، ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބޭނުން ކުރުމަށް ޓޮމަހޯކް މަރުކާގެ ދުރު-ރާސްތާ ކްރޫޒް މިސައިލް ހޯއްދެވުމެވެ. ނަމަވެސް، ޓްރަމްޕް އެ ކަމަށް އެއްބަސްވެ ވަޑައިގަންނަވާފައެއް ނުވެއެވެ. އަދި، ޒެލެންސްކީ އެނބުރި ވަޑައިގަންނަވަން ޖެހިވަޑައިގަތީ ހުސް އަތާއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
